ރާއްޖެއިން އިތުރު 30 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 15 މީހުންނާއި އަތޮޅު ތެރެއިން 15 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 15 ބިދޭސީންނާއި 15 ދިވެހިންނެވެ.
މިއަދު ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 1،281 ސާމްޕަލެވެ.
ކޯވިޑަށް ފަރުވާ ދެމުން ދަނީ 850 މީހުންނަށެވެ. އޭގެ ތެރެއިން 50 މީހަކު ހޮސްޕިޓަލުންގައި އެޑްމިޓްކޮށްފައިވާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 217 މީހުން އެބަތިއްބެވެ.
މިއަދު އިރުއޮއްސި 6:00 ގެ ނިޔަލަށް 11،066 މީހުން ކޯވިޑުން ރަނގަޅުވެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 11،962 މީހުންނެވެ. އޭގެ ތެރެއިން 39 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް