ސްޕެއިންގެ ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިން ކަމަށްވާ ކަސެމެއިރޯ އާއި އެޑެން ހަޒާޑް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިކަން ހާމަކޮށް ރެއާލް މެޑްރިޑުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހެނދުނު ނެގި ސާމްޕަލްތަކުން ހަޒާޑް އާއި ކަސެމެއިރޯ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އެ ދެ ކުޅުންތެރިން ޕޮޒިޓިވްވުމާ ގުޅިގެން ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުން މިއަދު ހެނދުނު ޓެސްޓު ކޮށްފައިވާ ކަމަށެވެ.
އަދި ޓީމުގެ އެހެން ކުޅުންތެރިންނާއި ސްޓާފުން މިއަދު ހެނދުނު ހެދި ޓެސްޓުތަކުން އެ ފަރާތްތައް ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށް ވެސް ރެއާލްގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަޒާޑު އަދި ކަސެމޭރޯ ކޮވިޑަށް ޕޮޒިޓިވް ވިއިރު ލީގުގެ ބައެއް މެޗުތަކާއި މިޑް ބްރޭކުގައި ގައުމީޓީމާއި އެކު ކުޅޭ ބައެއް މެޗުތަށް މި ދެކުޅުންތެރިންނަށް ގެއްލޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް