ޢުމުރުން 104 އަހަރުގެ އަންހެނަކު މެރަތަން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ ނިއުބާރީގައި ބޭއްވި ފަންޑްރެއިސިންގ ޗެލެންޖެއްގައި ބައިވެރިވެ، ޢުމުރުން 104 އަހަރުގެ ރޫތު ސައުންޑަރސް ރޭސް ނިންމާފައިވަނީ އެ އިވެންޓު ހިމެނޭ ސަރަހައްދުގައި 104 ބުރު ހިނގާފާ ޖަހައިގެންނެވެ.
މި އިވެންޓު އޭނާ ނިންމުމުން 31،000 އަށްވުރެ ގިނަ ޔޫރޯ އޭނާއަށް ލިބުނެވެ. އަދި އެ ފައިސާ އޭނާ ވަނީ ތޭމްސް ވެލީ އެއަރ އެމްބިއުލާންސްއަ ފަންޑްރެއިސްފަންޑަށް ހަދިޔާކޮށްފައެވެ.
ރޫތުގެ މާމަ ދަރިޔަކު ބުނީ މާމައަކީ އުމުރުން ދުވަސްވީ މީހެއްނަމަވެސް އެހެން މީހުންނަށް އެހީވުމުގެ ކަންކަމުގައި ލާމަސީލު މީހެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ގިނަ ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ.
ތޭމްސް ވެލީ އެއަރ އެމްބިއުލާންސްއަށް ފަންޑްރެއިސް ކުރުމަށް ބޭއްވި މި ހަރަކާތުގައި ރޫތު އެންމެ ފުރަތަމަ ބުނެފައިވަނީ މަދުވެގެން 500 ޔޫރޯ ހޯދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް