ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޑެލިވަރީ އަދި ލޮޖިސްޓިކްސް ގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރެޑްބޮކްސް ގެ ފަރާތުން ފްރާންޗައިޒް އޮފީހެއް ސްރީލަންކާގައި ހުޅުވައިފިއެވެ. މިއީ ރެޑްބޮކްސްއިން ހުޅުވި މިފަދަ ފުރަތަމަ އިންޓަރނޭޝަނަލް ފްރަންޗައިޒް އެވެ.
ރެޑްބޮކްސް ލަންކާ މެދުވެރިކޮށް، ވިޔަފާރި ކުރާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށް ފަސޭހަކަމާއިއެކު ސްރީލަންކާއިން ރާއްޖެއަށް ގެންނަން ބޭނުންވާ ތަކެތި ގެނެވޭނެ މަގު ފަހިވެގެން ދާނެއެވެ. ސްރީލަންކާގެ ކޮންމެ ހިސާބަކުންވެސް ބޭނުންވާ މުދާ ކަނޑު އަދި ވައިގެ މަގުން ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ހިސާބަކަށްވެސް ފޮނުވައިދެވުމަކީ ޚިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްވެސް ބޮޑު ލުއިފަސޭހަ ކަމެކެވެ.
ލަންކާ ރެޑްބޮކްސް އިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ ތެރޭގައި؛ ކަސްޓަމަރުން އެދިލައްވާ ތާކުން މުދާ ގަނެދިނުމާއި، ކަސްޓަމަރުން އޮންލައިންކޮށް ގަންނަ ތަކެތި ޑެލިވަރީ ކުރަން ބޭނުންވާނެ ލަންކާގެ އެޑްރެސް ދިނުމާއި، މުދާ ކޮންސޮލިޑޭޓްކޮށްދިނުމާއި ފުލްފިލްމަންޓް ޚިދުމަތްވެސް ލިބިގެންދާނެއެވެ.
ރެޑްބޮކްސް ގެ ސީ.އޯ.އޯ، ހުސައިން ޝާހިދު ވިދާޅުވި ގޮތުގައި، ސްރީލަންކާއިން މިހާރުވެސް ވަރަށްގިނަ ފަރާތްތަކުން ބޭނުންވާ މުދާ ނުވަތަ ޚާއްސަކޮށް ބޭސް ފަދަ ތަކެތިވެސް ގެންނަމުންދާ ކަމަށާއި އަދި ވަރަށް އަވަހަށް ރާއްޖޭގެ ކޮންމެ ރަށަކުންވެސް ލަންކާގެ ކޮންމެ ހިސާބަކަށްވެސް ތަކެތި ފޮނުވޭނެ އިންތިޒާމުވެސް ހަމަޖެހިގެންދާނެއެވެ. ލަންކާ ރެޑްބޮކްސް ގެ ޚިދުމަތް ހޯދުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.
މީގެ ކުރިންވެސް ރެޑްބޮސްއިން ވަނީ ގޯޝޮޕް.އެމް.އެވީ ގެ ނަމުގައި އެމެރިކާގެ އޮންލައިން ސްޓޯރ ތަކުން ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ގެނެވޭނެ ޚިދުމަތެއް ފަށާ އަދި އެމެރިކާގެ މަޝްހޫރު ޝިޕިންގ އަދި ފުލްފިލްމަންޓް ޚިދުމަތްދޭ މައި.ޔޫ.އެސް ގެ ވެބްސައިޓުގައި ރާއްޖެއަށް ޑެލިވަރީ ކުރެވޭނެ ކޫރިއަރސް ލިސްޓްގައިވެސް ހިމަނާފައެވެ.
ރެޑްބޮކްސް އަކީ މިވަގުތު ރާއްޖޭގައި ކޫރިއަރ ޚިދުމަތް ދެމުންދާ ކުންފުނި ތަކުގެ ތެރެއިން ލޯކަލް ކޫރިއަރ ލައިސަންސް އޮތް ހަމައެކަނި ދިވެހި ކުންފުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް