ތިބާއާއި މެދު ހަސަދަވެރިންގެ ވާހަކަ ހުންނާނީ މިހެން!

ހަސަދަވެރިކަމަކީ ތިމާ ފަދަ އަނެއް އިންސާނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމެވެ. ހަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުން ރ...

07 Nov 2020 | 09:04

ހަސަދަވެރިކަމަކީ ތިމާ ފަދަ އަނެއް އިންސާނާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢުމަތެއް ފިލާދިއުމަށް ނުވަތަ އެ ނިޢުމަތަކުން އަނެއްމީހާ މަޙްރޫމްވުމަށް އެދުމެވެ.

ހަސަދަވެރިވާ ހިނދު ހަސަދަވެރިޔާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ތަޢާލާއަށް ދެންނެވުމަށް އެއިލާހުވަނީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވާފައެވެ. އެއީ އުންމަތުގެ އެންމެހާ ފަރުދުންވެސް ޝާމިލުވާ ގޮތުގައި ކުރެވިފައިވާ އަމުރެކެވެ. ﷲ ތަޢާލާ ފަލަޤް ސޫރަތުގައި ވަޙީކުރައްވާފައި ވެއެވެ.

” قُلْ أَعُوذُ بِرَ‌بِّ الْفَلَقِ ﴿١﴾ مِن شَرِّ‌ مَا خَلَقَ ﴿٢﴾ وَمِن شَرِّ‌ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ‌ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ‌ حَاسِدٍ إِذَا حَسَدَ ﴿٥﴾ ”  سورة الفلق

މާނަ: ” ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ހަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ. އަދި ގޮށްގޮށަށް ފުމޭ މީހުން(އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސް މެއެވެ. އަދި ހަސަދަވެރިވާހިނދު އެ ހަސަދަވެރިޔާގެ ނުބައިކަމުންވެސް މެއެވެ.  “

މީހަކު އަނެއްމީހާއާމެދު ހަސަދަވެރިވެއްޖެ ކަމުގައިވާނަމަ، އެމީހަކަށް ކޮންމެ ފަދަ ނުބައެއް ކުރިމަތިކުރުވާކަށްވެސް ފަހަކަށް ނުޖެހޭނެއެވެ.

ތިމާގެ މުސްލިމު އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށްފިނަމަވެސް އެއީ ހަސަދަވެރިވުމެވެ. އެއީ އެ ނިޢުމަތް ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް ނޭދުނުކަމުގައި ވިޔަސް މެއެވެ.

އަދި ތިމާގެ އަޚާއަށް ލިބިފައިވާ ނިޢުމަތެއް އެ އަޚާގެ ކިބައިން ފިލައިގެން ދިޔުމަށް ލޯބިކޮށް، އެއީ ތިމާއަށް ލިބިފައިވާ ނިޢުމަތަކަށް ބަދަލުވުމަށް އެދުމަކީވެސް ހަސަދައެވެ.

ހަސަދަވެރިކަމަކީ އިސްލާމް ދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާ ހުތުރުކަން ބޮޑު ސިފައެކެވެ.

ތިބާއާއި މެދު ހަސަދަވެރިންގެ ވާހަކަ ހުންނާނޭ ގޮތް:

ތިބާ އަކީ އެއްވެސް އަގެއް ނެތް މީހެން ކަން އެހެން މީހުންގެ ކުރިމަތީގައި ސާބިތުކޮށްދޭވް މަސައްކަތް ކުރާނެ

މީހުން ރިބާއާއި މެދު ދެކޭގޮތް ބަދަލުކުރަން މަސައްކަތް ކުރާނެ

ތާކުން ތާކު ނުޖެހޭ މޮޔައެއް ކަމަށް ވިސްނައިދޭން މަސައްކަތް ކުރާނެ

ތިބާގެ ފޮނި ހުވަފެންތަކުގެ ހުރަހަކަށް ވާނެ

ތިބާ ކިތެންމެ ބޮޑު ކާމިޔާބީއެއް ހޯދިނަމަވެސް ތައުރީފެއް ތަރުޙީބެއް ނުދޭނެ

ތިބާ އަކީ އެއްވެސް ޤާބިލް ކަމެއް ނެތް މީހެކޭ ބުނެ ވާހަކަ ދައްކާނެ

ތިބާ އަކީ ކިތެންމެ ރަނގަޅު ކަންތައް ކޮށް އުޅޭ މީހެއް ނަމަވެސް އަދި ލޮލަށް ފެނުނަސް އެކަން ގަބޫލެއް ނުކުރާނެ

އެހެން ކަމުން މިފަދަ ނުބައި ހަސަދަވެރިންގެ ކިބައިން ސަލާމަތް ވުން އެއީ ވަރަށް ބުއްދިވެރިކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް