ހާޓް އެޓޭކް ނުވަތަ ހިތުގެ ބަލިތަކަކީ ނިސްބަތުން އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ފަހަކަށް އައިސް ވަރަށް އާންމުވެފައިވާ ބަލިމަޑުކަމެކެވެ. ރާއްޖޭގެ ނިސްބަތުން ގިނައިން ހާޓް އެޓޭކް ޖެހިފައިވަނީ އުމުރުން 40 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް މިއީ ވަކި އުމުރެއް އޮންނަ ކަމެއް ނޫނެވެ. ސިއްޚީ އެކި މައްސަތައް ދިމާވެ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ހަމަ ކޮންމެ އުމުރުފުރައެއްގެ މީހަކަށް ވެސް އެބަ އޮތެވެ.
އެގޮތުން މި ލުޔުމައި އަޅުގަނޑު މި ބަލާލަނީ ދާދި ފަހުން 30000 މީހުން ބޭނުން ކޮށްގެން އެމެރިކާގައި ކުރިއަށްގެންދިޔަ މިދިރަސާއެއްގެ ނަތީޖާއެވެ. އެމީހުންގެ މި ދިރާސާގައި އުމުރަކީ 30 އަހަރާއި 60 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުން ބޭނުން ކޮށްފައިވާއިރު، މިދިރާސާއިން ދައްކާފައިވާ ގޮތުގައި އުމުރުން ހަނގު އަންހެނުންނަށް ހިތުގެ ބަލި ނުވަތަ ހާރޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި މިޒަމާނުގެ އަންހެނުންގެ ސިއްހީ ހާލަތު މީގެ ކުރީގެ އަންހެނުންނާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށްކަމަށްވެސް މި ދިރާސާގައި ހާމަވެފައިވެއެވެ.
އެގޮތުން 30 އަހަރާއި 60 އަހަރުގެ ގިނަ މީހުންނަށް އެއުމުރުގައި ހާރޓް އެޓޭކް ޖެހިފައިވާކަމަށާއި އެއީ މި ދިރާސާއަށް ބޭނުންކުރި އެމީހުންގެ ތެރެއިން %22 މީހުން ކަމަށެވެ. އަދި އަހަރުތައް ފާއިތުވާ މިންވަރަކަށް މި ޕަސަންޓޭޖް %32 އަށް އިތުރުވެފައިވާ ކަމަށް ވެސް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
މި ދިރާސާއިން އިތުރަށް ހޯދަ ހޯދުންތަކުން ދައްކާފައިވާ ގޮތުގައި ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންގެ ސިއްހީ ހާލަތު ދައްވަމުންދެއެވެ. އެގޮތުން ލޭގެ ޕްރެޝަރ މައްޗަށް ދިޔުމާއި، ހަކުރުބައްޔާއި ކިޑްނީގެ މައްސަލަތަކާއި ސްޓްރޯކް ޖެހުމުގައިވެސް ގިނައީ އަންހެނުންނެވެ. މީގެ އިތުރުން ފުއްޕާމޭގެ ކެންސަރުގެ އިތުރުން އަމިއްލައަށް މަރުވުމާއި، ޑިޕްރެޝަންއަށް ދިޔުމުގެ ފުރުސަތުވެސް ނިސްބަތުން ބޮޑީ އަންހެނުންގެއެވެ.
އަންހެނުންގެ ސިއްހަތު އިތުރަށް ދައްވާން ދިމާވާ ސަބަބުވެސް މި ދިރާސާގެ ޒަރީއާއިން ވަނީ ހޯދާފައެވެ. އެގޮތުން މި ދިރާސާއިން ދައްކާފައިވާ ގޮތުގައި އަންހެނުންނަށް މިފަދަ ސިއްޚީ މައްސަލަތަށް ދިމާވެފައިވަނީ ޑައިޓް ކުރުމާއި، ކެއުމާއި ދުރުވެގެން ތިބުމުގެ އިތުރުން ކަސްރަތު ކުރުން މަދުވުމުންނެވެ.
ވީމާ މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ހިތާއި ގުޅިފައިވާ ގިނަ ބަލިތަކުގެ ޝިކާރައަކަށް ވަމުން އަންނަނީ އަންހެނުންކަމަށް ވާއިރު، މިކަމަކީ އެފަދަ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަމެއް ދޭން ޖެހޭ ކަމެއްކަމަށް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް