ލޮނުމެދު: ގިނަ ބަލިތަކުން ސަލާމަތްވުމަށް އޮތް ބޮޑު ފަރުވާއެެއް!

ލޮނުމެދަކީ ހަވާދުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިއީ ކުދި ފިޔަޔާއި ވައްތަރު ގޮތަކަށް ބޮނޑި ބޮނޑިއަށް އަޑިއަށް ފައިބާ ޒަވި ވަހަކާއި ރަހައެއް ހުންނަ އެއްޗެކެވެ. މީގެ ތޮށި ކުދިފިޔާގެ ތޮއްޓަށްވުރެ ބޮލެވެ....

07 Nov 2020 | 03:52

ލޮނުމެދަކީ ހަވާދުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ. މިއީ ކުދި ފިޔަޔާއި ވައްތަރު ގޮތަކަށް ބޮނޑި ބޮނޑިއަށް އަޑިއަށް ފައިބާ ޒަވި ވަހަކާއި ރަހައެއް ހުންނަ އެއްޗެކެވެ. މީގެ ތޮށި ކުދިފިޔާގެ ތޮއްޓަށްވުރެ ބޮލެވެ. މި ހުންނަނީ ހުދުކުލައިގައެވެ. މިއީ ބޭހަށްވެސް ބޭނުންކުރާ އެއްޗެކެވެ. ދިވެހިންގެ ތަފާތު ކެއުމުގައި ލޮނުމެދު ބޭނުން ކުރެއެވެ. އާންމު ގޮތެއްގައި ބޭނުންކުރަނީ ހަވާދުގެ ބާވަތެއްގެ ގޮތުގައި ކާތަކެތީގެ ރަހަ ޖެއްސުމަށްޓަކައެވެ.

ލޮނުމެދު ގައި ހުންނަ ޒަވި ވަހަކީ ވަރަށް ވަސްގަދަ ޒަވި ވަހެކެވެ. އެހެންކަމުން ލޮނުމެދު ރޮލާ ބަތް ފަދަ އެއްޗަކާ އެކު ކައިފިނަމަ ވަރަށް ގިނަ އިރު ވަންދެން އޭގެ ވަސް އަނގައިގައި ހިފާފައި ހުންނަކަން ފާހަގަ ކުރެވެއެވެ. އަޑު ރަގަޅުކުރުމަށް ވެސް ބައެއް މީހުން ލޮނުމެދު ބޭނުންކުރާ ކަމަށް ވެއެވެ.

އަޅުގަނޑުމެން ދިވެހީންގެތޜެގައި ވެސް ލޮނުމެދަކީ ވަރަށް ގިނަ ބާވަތުގެ ކާތަކެތި ތައްޔާރު ކުރުމުގައި ބޭނުންކުރެވޭ ބާވަތެކެވެ.

ލޮނުމަދަކީ އޭގައި 39 ވައްތަރެއްގެ އެންޓިބެކްޓިރިއަލް ހިމެނޭ އެއްޗެކެވެ. އެހެންކަމުން ލޮނުމަދަކީ ގިނަ ބަލިތަކުން ސަލާމަތްވުމަށް ވަރަށް ބޮޑު ފަރުވާއެެކެވެ. މީގެ އިތުރުން ފުރަމޭ ސާފުކޮށް އޭގެ އަސްލު ބައްޓަމުގައި ބެހެއްޓުމަށްޓަކައި ލޮނުމަދަކީ މުހިއްމު ދައިރެއް އަދާކުރާ ކާނާއެވެ.

ދުން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައްތަކަށް ބަލާއިރު، ސަރުބީ ދަށްކުރުން ލޭގެ ޕްރެޝަރު ދަށްކުރުން، ހަޖަމު ރަގަޅުކުރުން، ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން، ކަންފަތުގައި އުފެދޭ ތަފާތު ތަދުތަކާއި ރިހުންތައް ކުޑަކުރުން، ގޮހޮރުގެ މައްސަލަތަކަށް ލުއިކަން ގެނެސްދިނުން، ގައިގަ ހެދޭ ފާރުގަނޑަށް ފަރުވާކުރުން، ނޭވާހިއްލުމުގެ އުދަނގޫ ކުޑަކުރުން، ކެންސަރުން ރައްކާތެރިކޮށްދިނުން، ހަކުރު ބަލި ކޮންޓްރޯލްކުރުން އަދި ބަރުދަން އިތުރުވުން ހުއްޓުވައި، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

ލޮނުމެދުން ލިބޭ އެހެނިހެން ފައިދާތަކަށް ބަލާއިރު، ދިފާއީބާރު ރަގަޅުކޮށްދިނުމާއި ލޮނުމެދުގައި ހިމެނޭ އަޔޮޑީންގެ ސަބަބުން ތައިރޮއިޑް މަތިވުމުގެ ފަރުވާގައި ބޭނުންކުރުމާއި ވިޓަމިން ސީ މަދުވުމުން ޖެހޭ "ސްކާރވީ" އަށް ފަރުވާކުރުމަށް ބޭނުންކުރުމުގެ އިތުރުން ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނެއެވެ.

ވީމާ ލޮނުމެދު ގިނައިން ބޭނުން ކުރުމަކީ އެދެވިގެންވާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް