އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ކުއްކުރެވޭނެ މީހެކެވެ. ފާފަވެސް ކުރެވޭނެ މީހެކެވެ. މާއްﷲ އިންސާނުން ދުނިޔެއަށް ފޮނުއްވަވާފައިވަނީ ވެސް ފާފަވެސް ކުރެވޭނެ ގޮތަށެވެ. އެހެން ކަމުން އެކަން ތިބާ އަމިއްލަ އަށް ގަބޫލުކުރެވެން ޖެހޭނެއެވެ. ތިބާއަކީ ފުރިހަމަ މީހެއް ނޫންކަމަށް އަމިއްލަ ނަފްސައް ގަބޫލުކުރެވެން ޖެހެއެވެ.
އެހެން ކަމަށް ވާނަމަ ޙަޤީޤަތް ހާމަކުރުމުން ނުވަތަ ތިބާއަށް ގޯސްކޮށް ކުރެވޭ ކަމެއް ރަނގަޅުކުރަން ބުނުމުން ތިބާ ރުޅި އަންނަނީ ކީއްވެ ހެއްޔެވެ؟ އެހެން މީހުންގެ ތެރޭ ތިބާއަކީ މާ މޮޅުމީހަކަށް ނުވަތަ ކުށެއް ނުކުރެވޭ މީހެއްކަން ސާބިތު ކުރަން ހެއްޔެވެ.؟ ނޫނީ ތިބާއަށް ކުށޭއް ކުރެވޭއިރު، އެކަން ރަނގަޅު ކޮށްލަން ބުުމުން ތިބާ ލަދުގަންނަނީ ހެއްޔެވެ.؟ ސަބަބަކީ ފަހެ ކޮބާހެއްޔެވެ.؟
ދަންނާށެވެ. ތިބާ އަކީ ކުއް ނުކުރެވޭނެ މީހެއް ކަމަށް ތިބާ ހީކުރިޔަސް އެއީ ތިބާގެ އުނިކަމެވެ. ތިބާއަށް ކުށް ކުރެވޭނެ އެވެ. އެކަން ރަނގަޅު ކުރަން މަސައްކަތްވެސް ކުރަން ޖެހޭނެއެވެ. ތިބާއަށް ކުރެވޭ ގޯސްކަމެއް ރަނގަޅު ކޮށްލަން ބުނުމުން އެކަމަށް ރުޅި އަންނަ ނަމަ ތިބާއަށް އެވަނީ ބޮޑާ ކަމާއި ކިބުރުވެރި ކަމުގެ މައްސަލަތައް ކުރިމަތިވެފައެވެ. މާނައީ ތިބާގެ ހިތުގައި އެވަނީ ބޮޑާކަމާއި ކިބުރުވެރިކަން އުފެދިފައެވެ.
ހަނދާންކުރާށެވެ! ބޮޑާކަމާއި ކިބުރުވެރިކަން އެމީހެއްގެ ހިތުގައި ޒަރެއްގެ މިންވަރަށް އޮތް މީހާ ވެސް ސުވަރުގެ ނުވަންނާނެ ކަމާއިމެދު ބިރުވެތިވާށެވެ! ވީމާ ކިބުރުވެރިކަމާއި ބޮޑާކަމުން ހިތް ޠޯހިރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އެކަންކަމުން ހިތް އެކުގައި ސާފުކޮށްލާށެވެ!
މިސްތަކުންގެ ކުރިމަތީގައި މަޑުމައިތިރި މީހަކަށްވާށެވެ! ތިމާއަކީ މޮޅު މީހެއްކަމަށް އަމިއްލައަށް ވިސްނުން މުޅިން ދޫކޮށްލާށެވެ!"
މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ. މި ބަސްފުޅާއި ގުޅުވައިގެން އަހަރެން ފާހަގަކޮށްލަން ބޭނުމީ ޖާހަތާއި އާރާއި ބާރާއި ލިބިގެންވާ މަތީ މަޤާމްތަކަށް ދެވުމުން ބޮޑާވާ މީހުންގެ ވާހަކައެވެ! ބައެއް މީހުންނަށް ހީވާކަހަލައެވެ. ތިމާއަށް އާރާއި ބާރާއި ޖާހަތާ ލިބި ނުވަތަ އެހެންވެސް މަތީ މަޤާމެއް ލިބިއްޖެ ނަމަ ތިބާ ނޫން އެހެން އެންމެންނަކީ ވެސް ސިކުނޑި ހަމަ ނުޖެހޭ ތަންދޮރު ނޭންގޭ މީހުންކަމަށް ތިބާ ހީކުރެއެވެ. އަދި އެފަދަ މީހުން ދައްކާ ވާހަކަ އަޑުއެހުމަކީ ވެސް ތިބާގެ މަގާމަށާއި އަބުރާއި އިއްޒަތަށް ހުތުރުވާ ކަމެއް ކަމަށް ވިސްނެއެވެ. އަދި އެީ ދަށުދަރަޖައިގެ ކަމެއް ކަމަށްވެސް ތިބާއަށް ވިސްނެއެވެ. ދަންނާށެވެ.! މިއީ ނުބައިކަން ބޮޑުވެގެންވާ ވިސްނުމެކެވެ.
ކިތަންމެ ދަށް މަޤާމެއްގައި މަސައްކަތްކުރި ނަމަވެސް، ތަނެއްގެ ވޮޗަރުކަން ނުވަތަ ކުނިކަހާ ވަޒީފާއެއްގައި އުޅޭ މީހެއް ނަމަވެސް އޭނާއަކީވެސް ހަމަ ތިބާފަދަ ނިކަމެތި އިންސާނެކެވެ. އެނާއަށް ވެސް ވަނީ މާތްﷲ ވިސްނުމުގެ ބާރު ދެއްވަވައިފައެވެ. ވީމާ ތިމާއަށް ނުވިސްނޭ ކިތެންމެ ކަމެއް، ނުވަތަ ތިމާއަށް ވިސްނޭ ވަރަށްވުރެ ރަނގަޅަށް އޭނާއަށް ވިސްނިދާނެއެވެ. ވީމާ މަތީ މަޤާމާއި އާރާއި ބާރާއި ޖާހަތާއި ލިބުމުން ތިވާ ބޮޑާކަމާއި ކިބުރުވެރިކަން އަވަހަށް ދޫކޮށްނުލާށެވެ!
ކިތަންމެ ނިކަމެތި މީހާވެސް އަދި ކިތެންމެ ބޮޑު މަގާމެއްލިބި ކިތަންމެ އާރަކާއި ބާރެއް ލިބުނު މީހެއް ނަމަވެސް އެނބުރި ދާން ޖެހޭނީ ﷲގެ ހަޟުރަތަށެވެ. ބިމުގެ ފަސްގަނޑު ދަށަށެވެ. ގެންދެވޭނީ ހަމަ އެކަނި ތިބާ ކޮށްފައިވާ ހެޔޮ ޢަމަލް ނުވަތަ ގޯސް އަމަލަތަކެވެ. ކިތެންމެ ލާރިއަކާއި މުދަލެއް ލިބިފައިވީ ނަމަވެސް އަދި އަގު ބޮޑެތި ކާރާއި އެހެނިހެން ތަކެތި ލިބިފައިވީ ނަމަވެސް މިއިން އެކައްޗެއް ވެސް ތިބާއަށް ނުގެންދެވޭނެއެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މިކަން ރަނގަޅަށް އެނގޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް