ހދ. ކުމުންދޫގައި މިހާރު ކުރިއަށްދާ ކޭވައިއެސް ވިމެންސް ފުޓްސަލް ޗެލެންޖުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތައް ސަންދިޔާ އާއި ސީއެސް ވުމަންސް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ 7 ވަނަ މެޗު ސަންދިޔާ ކާމިޔާބު ކުރީ ރެހެންދި އާ ވާދަކޮށް 0-1 ގެ ނަތީޖާ އަކުން ނެވެ.
މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާ، ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ސަންދިޔާ ގެ ޖާރޒީ ނަމްބަރު 7 ރާޝިދާ މޫސާ އެވެ.
މި މުބާރާތުގެ 8 ވަނަ މެޗުގައި ރޭ ބައްދަލު ކުރީ ޓަރފް ކްއީންސް އާއި ސީއެސް ވުމަންސް އެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު، 0-5 ލަނޑުން ކާމިޔާބު ކުރީ ސީއެސް ވުމަންސް އެވެ.
މި މެޗުގައި ސީއެސް ވުމަންސްގެ ލަނޑުތައް ޖަހައިދިނީ ޝަހުލާ އާދަމް 3 ގޯލު، ރާއިދާ މޫސާ އަދި ސާއިދާ މޫސާ ކޮންމެ ކުޅުންތެރިއަކު އެއްގޯލެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ސީއެސް ވުމަންސްއަށް 3 ގޯލު ޖަހައިދިން ޝަހުލާ އާދަމް އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ޒީރު ސްޕޯޓްސް އާއި ސީއެސް ވުމަންސް ބައްދަލުކުރާ އިރު، މިރޭ ބައްދަލުކުރާނީ ޓަރފް ކްއީން އާއި ސަންދިޔާ އެވެ.
ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން މި މަހުގެ ތިންވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު ވަނީ 5 ޓީމަކުން ބައިވެރިވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް