ފޮޓޯ: ޖީލު އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓެއް ހިނގައިފި އވެ.
ފުލުހުން ބުނީ އެކްސިޑެންޓުގެ ރިޕޯޓު ކުރީ ރޭ ދަންވަރު 2:55 ގައި ކަމަށެވެ. މި އެކްސިޑެންޓުގައޖ ފަސް މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާ ކަމަށް ފުލުހުން މައުލޫމަތު ދެ އެވެ.
އޭގެތެރެއިން ތިން މީހެއްގެ ހާލު ސީރިއަސް އެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުނަށް ފަހު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައި އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް