ޓެސްޓު ކުރި 1،123 ސާމްޕަލްގެ ތެރެއިން މިއަދު ޕޮސިޓިވްވީ 35 މީހުން

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 35 މީހުން ކަމަށް އެޗްޕީއެއިން ބުނެފި އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 32 މީހުންނާއި އަތޮޅު ތެރެއިން ތިން މީހުންނެވެ. މީގެ ތެރެއިން 30 މީހުންނަކީ ދިވ...

07 Oct 2020 | 17:53

ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 35 މީހުން ކަމަށް އެޗްޕީއެއިން ބުނެފި އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 32 މީހުންނާއި އަތޮޅު ތެރެއިން ތިން މީހުންނެވެ. މީގެ ތެރެއިން 30 މީހުންނަކީ ދިވެހިންނެވެ. ފަސް މީހުންނަކީ ބިދޭސީންނެވެ.

މިއަދު ޓެސްޓު ކުރެވިފައިވަނީ 1،123 ސާމްޕަލެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،068 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި 63 މީހުންނަށް ފަރުވާ ދެމުންދާއިރު ދެ މީހަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައި އެވެ.

އަތޮޅު ތެރޭގެ 21 ރަށެއްގައި 125 މީހަކަށް ދަނީ ކޯވިޑަށް ފަރުވާ ދެމުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 9،745 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއަދު 81 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.

މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 10،656 މީހުންނެވެ. އޭގެ ތެރެއިން 34 މީހުން ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް