މަހާ ޖައްރާފުގައި ދެން މަސައްކަތް ކުރާނީ މުޅިންވެސް ދިވެހި ފަޅުވެރިން..

އެމްޓީސީސީގެ ޑްރެޖަރ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިންނަށް ބަދަލު ކޮށްފި އެވެ. އެ ކުންފުނިން ބުނީ 7 އޮކްޓޯބަރ 2020 ގައި ރާއްޖެ ގެނައި ޑްރެޖަރ މަހާ ޖައްރާފަކީ މި ސަރަހައްދުގައިވެސް އެންމެބ...

07 Oct 2020 | 14:19

އެމްޓީސީސީގެ ޑްރެޖަރ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހިންނަށް ބަދަލު ކޮށްފި އެވެ.

އެ ކުންފުނިން ބުނީ 7 އޮކްޓޯބަރ 2020 ގައި ރާއްޖެ ގެނައި ޑްރެޖަރ މަހާ ޖައްރާފަކީ މި ސަރަހައްދުގައިވެސް އެންމެބޮޑު އެއް ޑްރެޖަރ ކަމަށާއި މީގެ ކުރިން ބިދޭސީން މަހާ ޖައްރާފު ގައި މަސައްކަތް ކުރި ނަމަވެސް މިއަދުން ފެށިގެން މަސައްކަތް ކުރާނީ މުޅިންވެސް ދިވެހިން ކަމަށެވެ.

"މަހާ ޖައްރާފުގައި17 ދިވެހިން މިއަދުން ފެށިގެން މަސައްކަތް ކުރާނެ. އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަން، 2 ޗީފް އޮފިސަރުން، ޗީފް އިންޖިނިއަރު، ސެކަންޓް އިންޖިނިއަރ، 4 ޕައިޕް އޮޕަރޭޓަރ، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރ، އަދި ކްރޫއިންނާއި ކައްކާ ހިމެނޭ." އެމްޓީސީސީ އިން ބުންޏެވެ.

އެމްޓީސީސީ އިން ބުނީ ަހާ ޖައްރާފުގެ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަށް 2018 ވަނަ އަހަރުން ފެށިގެން ބޯޓުގައި ތިބި ބިދޭސީ

ފަޅުވެރިންގެ އިލްމާއި ތަޖުރިބާގެ އެންމެ ފުރިހަމަ ބޭނުން ހިފާ އެބޭފުޅުންގެ ގާތުން ދިވެހި ފަޅުވެރިންނަށް ބޭނުންވާ ތަމްރީން ދީފައި ކަމަށެވެ. އަދި މަހާ ޖައްރާފްގައި މިވަގުތު މަސައްކަތް ކުރާ ދިވެހި މުވައްޒަފުންނަކީ މަސައްކަތަށް ޤާބިލް މުވައްޒަފުންކަމުގެ ޔަޤީންކަން އަރުވާ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީގެ މިނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ރާއްޖެއިން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި،

ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ، މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިޤްތިސާދަށް ކުރާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ.

ދިގު މިނުގައި 92.95 މީޓަރު، ފުޅާ މިނުގައި 16.25 މީޓަރު ހުންނަ، އައިއެޗްސީގެ އީޒީ ޑްރެޖު ސީރީޒްގެ ހޮޕަރ ސަންކްޝަން ޑްރެޖަރ މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އަދި މި އުޅަނދަށް 3،700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭނެ އެވެ.

މަހާ ޖައްރާފު ޑިޒައިން ކުރެވިފައިވަނީ ދުވެލި ބާރު އަދި ތެލުގެ ޙަރަދު ކުޑަވާނެ ފަދަ ޓެކްނޮލޮޖީއާއި އެެކުގައެވެ. އަދި މިއީ ތިމާވެއްޓަށް ގެއްލުން ނުވާ ފަދަ ގޮތަކަށް ބިން ހިއްކުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދެއްވެސް މެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް