އަލްހާން ފަހުމީ އަލީ ރަމީޒަށް: ބޮލުގައި ބިދުޢަވެރި ފަގުޑިއެއް އަޅައިގެން ރައްޔިތުންނަށް އޮޅުވާނުލާ

އަލްހާން ފަހުމީ ރާއްޖޭގެ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އަލްހާންގެ ފާޑުކިޔުންތައް ޢަލީ ރަމީޒަށް ރައްދުކުރެއްވީ އަލްޤައިދާއާއި އައިއެސްއިން ރާއްޖެ ...

07 Oct 2020 | 13:38

އަލްހާން ފަހުމީ ރާއްޖޭގެ ކުރީގެ މަޝްޙޫރު ލަވަކިޔުންތެރިޔާ ޢަލީ ރަމީޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަލްހާންގެ ފާޑުކިޔުންތައް ޢަލީ ރަމީޒަށް ރައްދުކުރެއްވީ އަލްޤައިދާއާއި އައިއެސްއިން ރާއްޖެ ހިފަންއުޅޭކަމުގެ ވާހަކަ ރައީސް ނަޝީދު ދެއްކެވިޔަސް އެ ވާހަކަ ރައްޔިތުން މިހާރު ޤަބޫލެއްނުކުރާނެކަމަށް ޢަލީ ރަމީޒު ވިދާޅުވުމާއި ގުޅިގެންނެވެ.

މިގޮތުން އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު އެ ދައްކަވާ އައިސިސްއާއި އަލްޤައިދާގެ ވާހަކަ ދިވެހިން ޤަބޫލުކުރާ ކަމަށާއި އަދި އަލުން އިޝްގީ ލަވަ ކިޔަން ފަށަންވީކަމަށް ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން އަލީ ރަމީޒުގެ ބޮލުގައި އަޅާފައިވާ ފަގުޑިއަށް ވެސް މަލާމާތުގެ ބަސް ރައްދުކޮށްފައެވެ. އެގޮތުން ބިދުޢަވެރި ފަގުޑިއެއް އަޅައިގެން ރައްޔިތުންނަށް އޮޅުވާނުލެއްވުމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.

އަލްހާންގެ މި ވާހަކަތަކާއި ގުޅިގެން ޢަލީ ރަމީޒު ވަނީ އޭނާގެ ޓްވިޓަރ އިން އަލްހާން ބްލޮކް ވެސް ކޮށްލައްވާފައެވެ.

”މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަލްޤާރީ އަލީ ރަމީޒް އަޅުގަނޑު ބްލޮކް ކުރައްވައިފި! ސަބަބު ހޯދަން ތި މޫނަށް ބަލާ ❤️“ (އަލްހާން)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް