ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް" ޕްރޮގްރާމެއް ރާއްޖޭގައި ހިންގުމަށް ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން އިންސްޓްޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލައަންސް (އެއިފެކް) އަދި އިޓަލީގެ ޔުނިވަރސިޓީ އޮފް ޓިއުރިންއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމްއެންޔޫއިން ބުނީ އެއިފެކް އާއި ގުޅިގެން އެ ޔުނިވަރސިޓީ މަސައްކަތް ކުރާނީ އެ ސްޓޭންޑަރޑްސްތަކަށް "ސެނިޓޭޝަން އެންޑް ހައިޖީން" އަށް ރައްޔިތުން އަހުލުވެރިކުރުމަށް ކަމަށެވެ.
މީގެ އިތުރުން އެ ސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ޓްރޭނިންގ ހިންގާ އެކަމާ ގުޅޭ ދިރާސާތައް ކުރުމާއި އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް އެއިފެކް ސްޓޭންޑަރޑްތައް ހިފަހައްޓާނަމަ އެއިފެކްގެ ސެޓްފިކެޓެއް ދޭނެ ކަމަށްވެސް އެމްއެންޔޫ އިން ބުންޏެވެ.
އެ ސެޓްފިކެޓަކީ އިންޓަރނޭޝަނަލް ސެޓްފިކެޓްއަކަށް ވާތީ، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް، މިދުވަސްވަރު ތަނުގެ ސާފުތާހިރު ކަމާއިމެދު ފަތުރުވެރިންގެ އިތުބާރު ހޯދަން، މުހިއްމު ސެޓްފިކެޓްއަކަށް ވާނެކަމަށް ގަބޫލްކުރާކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.
އެއިފެކް އަކީ، ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވާ ނިއުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިޔުއެމްޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓް ކޮމްޕްލަޔަންސް) ފަދަ ކަންކަމާއި ގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅާ ޖަމިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް