ފްރީ ޓްރޭޑް އެގްރީމެންޓް ތަންފީޒު ނުވެގެން އުޅެނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި މަޖިލިޙުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ދެމެދުގައި އޮތް އަރައިރުމެއްގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ސަޢީދު މިހެން ވިދާޅުވީ އެފްޓީއޭ ތަންފީޒުކުރުމަށް ޓަކައި މަޖިލީހުން ހަދަން ޖެހޭ ގާނޫނުތައް ނުހަދައި އޮތުމުން، އެ އެއްބަސްވުން މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސް ނަޝީދު ވިދާޅުވުމުން ނެވެ.
އެކަމަށް ރައްދު ދެއްވާ ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެފްޓީއޭ ވެސް އަދި ރާއްޖޭގެ މިނިވަންކަން ވެސް ކޮމްޕްރޮމައިޒްވެގެން އުޅެނީ ޕަވަރ ސްޓްރަގުލްގެ ސަބަބުން ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ އެކު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) އެކުލަވާލި އިރު، އެ އެގްރީމެންޓުގައި ސޮއި ކުރައްވާ، އެއްބަސްވުން އެކުލަވާލުމުގައި އިސްދައުރެއް އަދާކުރެއްވި ސަޢީދު ވިދާޅުވީ އެކަމަށް ވާގިވެރިވާ ބޭރުގެ ގައުމަކުން ނަގާނެ ފަޅިއެއް ޔަގީން ނުވާ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ.
ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ދިވެހި ސަރުކާރުން ސޮއިކުރީ ޑިސެމްބަރު 18، 2014 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސް ކުރީ ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ އަޣުލަބިއްޔަތު އޮތް މަޖިލިހުން ނޮވެމްބަރު 29، 2017 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް