ޓީމުތަކުގެ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި

ޓީމުތަކުގެ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި ކަމަށް އެފްއޭއެމް އިން ބުނެފި އެވެ. ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިން ބުނީ އެ ހުއްދަ މިދިޔަ ބްރާސްފަތި ދު...

07 Oct 2020 | 12:37

ޓީމުތަކުގެ ޕްރެކްޓިސްތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފި ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

ދިވެހި ފުޓްބޯޅައިގެ މައި އިދާރާ އިން ބުނީ އެ ހުއްދަ މިދިޔަ ބްރާސްފަތި ދުވަހު ދީފައިވާ ކަމަށެވެ.

އެހެންނަމަވެސް ނިއު ނޯމަލްގައި ޕްރެކްޓިސްތައް ކުރިއަށް ގެންދާނެ ގޮތެއް އަދިކަނޑަނާޅާ ކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ކަމާއިބެހޭ ފަރާތްތަކާއެކު ވަމުން އަންނަ ކަމަށެވެ.

"އެޗްޕީއޭ އާއެކު މާދަމާ އޮންނާނެ މަޝްވަރާ. ގައިޑްލައިންތައް ކަނޑައަޅާނީ އެ މަޝްވަރާއަށް ފަހު. އަދި އޭރުން ކުލަބްތަކަށް ވެސް އަންގާނަން" އެފްއޭއެމް އިން ބުންޏެވެ.

ފުލުހުންނާ އެކުވެސް ދާދި ފަހުން ބައްދަލުވުމެއް ބާއްވާ، އައު ސީޒަނަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.

އައު ސީޒަން މިއަހަރު ފަހުކޮޅު ފެށުމަށް މަަސައްކަތް ކުރަމުން އަންނަ އިރު، ސީޒަން ފަށާނެ ތާރީޚެއް އަދިކަނޑައެއް ނާޅައެވެ.

މިއަހަރުގެ ސީޒަންގައި ވާދަކުރަނީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ، ޓީސީ ސްޕޯޓްސް ކުލަބު، ކުލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބު ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ އަދި ސްޕަރ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް