ޕީސީއާރު ޓެސްޓް ކުރުމުގެ އަގުތައް ޓްރީޓޮޕުން ހެޔޮކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ޕީ.ސީ.އާރް ޓެސްޓުކުރެވޭ އަދަދު އިތުރުކޮށް އޮކްޓޯބަރު 8، 2020ވާ ބުރާސްފަތި ދުވަހުން ފެށިގެން، މި ޙިދުމަތުގެ އަގުތައް ހެޔޮކޮށްފިއެވެ. އެ ހޮސްޕިޓަލުން ބުނެފައިވަނީ ދިވެހި...

07 Oct 2020 | 12:13

ޓްރީ ޓޮޕް ހޮސްޕިޓަލުން ކޮވިޑް-19 ޕީ.ސީ.އާރް ޓެސްޓުކުރެވޭ އަދަދު އިތުރުކޮށް އޮކްޓޯބަރު 8، 2020ވާ ބުރާސްފަތި ދުވަހުން ފެށިގެން، މި ޙިދުމަތުގެ އަގުތައް ހެޔޮކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ގިނައަދަދަކަށް ޕީސީއާރު ޓެސްޓު ހެދުމަށް ބޭނުންޖެހިފައިވާ ވަގުތުގައި އައު ޕީސީއާރް މެޝިނެއް ޓްރީ ޓޮޕް ހޮސްޕިޓަލުން ޤާއިމްކޮށްފައިވާކަމަށާއި މިމެޝިނުގެ ސަބަބުން އެ ހޮސްޕިޓަލުން ޓެސްޓުކުރެވޭ އަދަދު އިތުރުކުރެވިގެންދާނެ ކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕިސީއާރް ޓެސްޓުގެ އަގުތައް:

  • ދިވެހި ރައްޔިތުން 1,399.00 ރ.
  • ވޯކް ޕަރމިޓް ބިދޭސީން 1,399.00ރ.
  • ފަތުރުވެރިން 1,499.00ރ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއައު ބަދަލާއެކު ސާމްޕަލް ނެގުމަށްފަހު 24 ގަޑިއިރުތެރޭ އަދި ލަސްވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބިލައްވާނެ ކަމަށާއި އަދި ޕީ.ސީ.އާރު ނަތީޖާ އާޖަންޓުކޮށް ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުންނަށް ނަތީޖާ އަވަސްކުރުމުގެ ޕްރީމިއަމް ހިދުމަތް ލިބިވަޑައިގަންނަވާނެ ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީ.ސީ.އާރު ޓެސްޓު ހެއްދުމުގެ ޙިދުމަތް އައުޓް-ޕޭޝަންޓް (އޯ.ޕީ.ޑީ)، އިން-ޕޭޝަންޓް (އައި.ޕީ.ޑީ) އަދި ޓްރެވަލް ސެޓްފިކޭޝަން އަށް ހުޅުވާލެވިފައިވާކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ނަންނޯޓުކުރުމަށް ނުވަތަ އިތުރު މައުލޫމާތު ސާފުކުރުމަށް 3351610 އަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބިލައްވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް