ދެ ރައީސުން ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ދެ ރައީސުންގެ މި ބައްދަލުވުން ކުރިއަ...

07 Oct 2020 | 11:53

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ދެ ރައީސުންގެ މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މުލިއާގޭގައި މިއަދުގެ ވަގުތެއްގައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި އެއްވެސް ވާހަކައެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ދެ ރައީސުން މިއަދު ބައްދަލުކުރައްވާފައިވާއިރު، އެންމެ ފަހުން ދެ ރައީސުން ބައްދަލުކުރައްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް