ފުވައްމުލަކު ސިޓީގެ ރިންގް ރޯޑު މަޝްރޫއު އަންނަ މަހު ނިންމަނީ

ފުވައްމުލަކު ސިޓީގެ ރިންގް ރޯޑު މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމަށް މި މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓު ނިމ...

07 Oct 2020 | 09:54

ފުވައްމުލަކު ސިޓީގެ ރިންގް ރޯޑު މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމަށް މި މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 83 ޕަސެންޓު ނިމިފައިވާ ކަމަށެވެ. މަޝްރޫޢުގެ ދަށުން ޕޭވިން ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 41 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއުގެ ދަށުން ފެންހިންދާ ނިޒާމެއް ގާއިމް ކުރާނެ އެވެ. އަދި 20،650 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ހަމަޖެހިފައިވެ އެވެ.

އެމްޓީސިސީން ބުނީ މި މަޝްރޫއުގެ ދަށުން 144 ލެޑް މަގުބައްތި ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރާނެ ކަމަށެވެ. މީގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މާޗް މަހުގެ 29 ވަނަ ދުވަހު އެވެ. މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 32.04 މިލިއަން ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް