އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އަކްރަމް އާއި އަނބިކަނބަލުން ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ މިއަދު އެވެ. އޭނާ ޓުވިޓާގައި ވިދާޅުވީ ހާލު ރަނގަޅު ކަމަށާއި ކޯވިޑްގެ އެއްވެސް އަލާމާތެއް އެއްވެސް މީހެއްގެ ގައިން ނުފެންނަ ކަމަށެވެ.
އަކްރަމް އާއި އަނބިކަނބަލުންގެ އިތުރުން ދަރިފުޅުވެސް ކޯވިޑަށް ޓެސްޓު ކުރި އެވެ. އެކަމަކު ދަރިފުޅުގެ ޓެސްޓުގެ ނަތީޖާ އަދި ނުލިބޭކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް މީޑިއާގައި ވިދާޅުވީ މާގިނަ މީހުންނާއި މިދިޔަ ދުވަސްކޮޅު ބައްދަލުވެފައި ނުވާނެ ކަމަށެވެ. އީސީގެ ބައްދަލުވުމެއްގައި މި ހަފްތާގައި ބައިވެރިވާނެ ކަމަށާއި އެކަމަކު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނަވީ މާސްކު އަޅުއްވައިގެން އިޖްތިމާއީ ގައިދުރު ކަމުގައި ކަމަށެވެ.
އަކްރަމް އަކީ ދައުލަތުގެ މަތީ މަގާމެއްގައި ހުންނެވި ބޭފެއްގެ ތެރެއިން ކޯވިޑަށް ޕޮސިޓިވްވި ދެ ވަނަ ބޭފުޅާ އެވެ.
މިދިޔަ މަހުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ހޯއްދަވާފައި އެވެ. އެމަނިކުފާނު މިހާރު ބަލިން ރަނގަޅުވެގެން ދޫކޮށްލައިފި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް