ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އިތުރު ބިދޭސީންތަކެއް މިއަދުވެސް ފުރުވާލައިފި އެވެ.
މިއަދު ފުރުވާލާފައިވަނީ ބަންގްލަދޭޝްގެ200 މީހުންނެވެ. އެމީހުން ފޮނުވާލީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެވެ.
މިދިޔަ ހަތަރު ހަފްތާ ތެރޭގައި ކޮންމެ ހަފްތާއަކު ގަވައިދާ ހިލާފަށް އުޅޭ ބަޔަކު ދަނީ ފުރުވާލަމުންނެވެ. އެގޮތުން މިދިޔަ ހަތަރު ހަފްތާ ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅުނު 672 މީހުން ފުރުވާލާފައިވެ އެވެ.
އެ އެންމެންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިއީ މޯލްޑިވިއަންއިން ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގޮވައިގެން އެ ގައުމަށް ކުރި 40 ވަނަ ދަތުރެވެ. މިހާތަނަށް ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ 8،000 އަށްވިރެ ގިނަ ބިދޭސީން ފުރުވާލާފައިވެ އެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އިމިގްރޭޝަން، އިކޮނޮމިކް މިނިސްޓްރީ، މާލޭ ސިޓީ ކައުންސިލް އަދި ފުލުހުން ގުޅިގެންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 20،000 ބިދޭސީން ފޮނުވާލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް