ގައުމީ އެއާލައިން މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ކުރާ ސީދާ ދަތުރުުތައް އިތުރު ކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ މިމަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަފްތާ އަކު ތިން ދަތުރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑާކާ އަށް ކުރާ ކަމަށެވެ. މި ދަތުރުތައް ކުރަނީ އާދިއްތަ، އަންގާރަ އަދި ހުކުރު ދުވަހު އެވެ.
ޑާކާ ދެކޮޅު ދަތުރުގެ ޓިކެޓު މޯލްޑިވިއަންއިން ވިއްކަނީ 433 ޑޮލަރަށެވެ.
މޯލްޑިވިއަން އިން ޑާކާއަށް ދަތުތައް ފެށީ 2012 ވަނަ އަހަރު އެވެ. އޭރުން ފެށިގެން މިހާތަނަށް ދަތުރު ކުރަމުން އައީ ހަފްތާއަކު ދެ ދަތުރެވެ.
ކޯވިޑް-19 އާއި ގުޅިގެން ޑާކާއަށް ކުރި ދަތުތތައް މެދުކަނޑާލުމަށް ފަހު އަލުން ޝެޑިއުލް ދަތުރުތައް ފެށީ މިދިޔަ މަހު އެވެ. އެކަމަކު ލޮންޑައުންގެ ތެރޭގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އުފުލުމަށް މޯލްޑިވިއަން އިން ޑާކާއަށް ޗާޓާޑް ފްލައިޓުތަކެއް ބޭއްވި އެވެ.
https://twitter.com/MaldivianAero/status/1313713665590394880
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް