މެލޭޝިޔާ އަލުން ލޮކްޑައުނަކާ ދިމާއަށް

ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ މެލޭޝިޔާގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ލޮކްޑައުން ކުރަން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔައްސިން އެވެ. އޭނާ ވި...

07 Oct 2020 | 03:01

ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަ މެލޭޝިޔާގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ލޮކްޑައުން ކުރަން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔައްސިން އެވެ.

އޭނާ ވިދާޅުވީ "ޓާގެޓެޑް" ލޮކްޑައުން އިއުލާނުކުރާނީ ވައިރަސް އެންމެ ގަދައަށް ފެތުރޭ ސަރަހައްދުތައް ދެނެގަނެ އެ ސަރަހައްދުތަކުގައި ކަމަށެވެ.

ކޮވިޑުގެ ހާލަތު އެ ގައުމުގައި ގޯސްވަމުން އަންނަތާ ދެ ހަފްތާ ވެފައިވާއިރު އިއްޔެ އެކަނިވެސް އެ ގައުމުން 691 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ހަތަރު މީހަކު އިއްޔެ މަރުވެފައިވެއެވެ.

ކޮވިޑު ފެތެރުން ފެށުމާއެކު މި އަހަރުގެ މާރިޗުގައި އެ ގައުމުގައި މުޅި ގައުމަށް ލޮކްޑައުން އިއުލާނުކުރިއެވެ. ހާލަތު ރަނގަޅުވުމުން ދެ ހަފްތާ ފަހުން ލޮކްޑައުން އުވާލާފައި އޮތްއިރު އާންމުގޮތެއްގައި އޭރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވަމުންދިޔައީ ފަންސާހެއްހާ މީހުންނެވެ. ނަމަވެސް މިހާރު ދުވާލަކު 500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވަމުންދެއެވެ.

31 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގައި މިހާތަނަށް ކޮވިޑަށް 13 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 100 އަށްވުރެ ގިނަ މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް