އަހަރު ނިމެންވާއިރަށް ވެކްސިނެއް ލިބުން ގާތް: ޓެޑްރޯސް

މި ހިނގާ 2020 ވަނަ އަހަރު ނިމެންވާއިރަށް ކޮވިޑަށް ވެކްސިނެއް ލިބުން ވަރަށް ގާތްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ. އޭނާ މިކަން ...

07 Oct 2020 | 02:47

މި ހިނގާ 2020 ވަނަ އަހަރު ނިމެންވާއިރަށް ކޮވިޑަށް ވެކްސިނެއް ލިބުން ވަރަށް ގާތްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ހާމަކުރެއްވީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ، ޑަބްލިއުއެޗްއޯގެ ބޯޑު ބައްދަލުވުމުގައެވެ.

އޭނާ ވިދާޅުވީ އަހަރު ނިމެންވާއިރަށް ވެކްސިން ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށެވެ. މުޅި ދުނިޔެއަށް ހަމަހަމައަށް ވެކްސިން ލިބުމުގައި އެހީތެރިކަން ދިނުމަށް ގައުމުތަކުގެ ވެރިން ކުރެން ޓެޑްރޯސް އިލްތިމާސް ކުރެއްވިއެވެ.

އަހަރު ނިމެންވާއިރަށް ކޮވިޑަށް ވެކްސިނެއް ލިބޭނެ ކަމުގެ ފޮނި އުންމީދެއް އޮތްއިރު ތަހުލީލީ މަރުހަލާގައި ނުވަ ވެކްސިނެއް އެބަ ބޭނުންކުރެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާގޮތުގައި އެ ޖަމިއްޔާގެ އުންމީދަކީ އަންނަ އަހަރު ނިމެންވާއިރަށް ދެ ބިލިޔަން ވެކްސިން ޑޯޒް އުފައްދާ ގައުމުތަކަށް ފޮނުވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް