ޑރ. ވަހީދު އަނެއްކާވެސް ޕޮލިހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕޮލިހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފިއެވެ. ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޑރ.ވަހީދު ފުލުހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުން ބޭ...

07 Sep 2020 | 18:40

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޕޮލިހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފިއެވެ.

ދިޔަރެސް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ޑރ.ވަހީދު ފުލުހަށް ހާޒިރު ކުރަނީ އިދިކޮޅު ފަރާތްތަކުން ބޭއްވި ސިޔާސީ ހަރަކާތަކަށްފަހު އެ ހަރަކާތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު، އެމަނިކުފާނު އަޅުއްވައިގެން ހުންނެވި މާސްކު ތިރިކުރެއްވި މައްސަލައިގައެވެ.

ހާޒިރުވާން އަންގާފައިވަނީ މާދަމާ ހަވީރު 16:00 އަށް ކަމުގައިވެސް އެ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

ހަމަ މި މައްސަލައިގާ މީގެ ކުރިންވެސް ޑރ. ވަހީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް