ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުން، ކޮންޓެކްޓް ވާ މީހުންގެ މަޢުލޫމާތު ދިނުމަށް ދެކޮޅު ހަދާ ކަަމަށް ނުވަތަ ފޮރުވަން މަސައްކަތްކުރާ ކަމަށް އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިގޮތަށް ކަންތައް ކުރަނީ އެމީހުންގެ ސަލާމަތަށްޓަކައި ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ ކަރަންޓީނަށް ދާން ޖެހުނަސް ކޮންޓެކްޓުންގެ މަޢުލޫމާތު ފުރިހަމައަށް ދިނުމަކީ އެހެން މީހުންނަށް މިބަލި ފެތުރުމަށް ހުރަސް އެޅުމަށް ކުރެވޭ ވަރަށްބޮޑު މަދަދެއް ކަމަށެވެ. އަދި މިކަމުން ސަލާމަތް ވެވޭނީ އެންމެންގެ އެހީތެރިކަންވެސް ލިބިގެން ކަމަށެވެ.
ކޮންޓެކްޓުވާ މީހުންގެ މައުލޫމާތު ދިނުމަށް ދެކޮޅު ހެދުމުގެ މައްސަލަތައް މާލެއިން ފުރަތަމަ ކޯވިޑް-19 ފެނުނު ދުވަސްވަރުވެސް ކުރިމަތިވެ އެވެ. އެގޮތުން މައުލޫމާތު ދޭން ދެކޮޅު ހެދި މީހަކު ފަހުން ކޮންޓެކްޓުވި މީހުންގެ މައުލޫމާތު ހާމަކުރީ އެމީހާގެ ވަނަވަރު ހާމަކުރާނެ ކަން ހެލްތް މިނިސްޓްރީން ހާމަ ކުރުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް