ޢިމާރާތެއްގެ 3 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ޢިމާރާތެއްގެ 3 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ. ފުލުހުން ބުނީ އެމީހާ ވެއްޓިފައިވަނީ ހުޅުމާލޭގެ އިމާރާތަކުން ކަމަށެވެ. އަދި އޭނާ ވެއްޓުނީ ތިންވަނަ ބުރީގެ ބޭރުގައި ސިމެންތި ޖެހުމުގެ ކުރިން...

07 Sep 2020 | 16:08

ޢިމާރާތެއްގެ 3 ވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ އެމީހާ ވެއްޓިފައިވަނީ ހުޅުމާލޭގެ އިމާރާތަކުން ކަމަށެވެ. އަދި އޭނާ ވެއްޓުނީ ތިންވަނަ ބުރީގެ ބޭރުގައި ސިމެންތި ޖެހުމުގެ ކުރިން ހޮޅިއެއް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެ މީހާއަށް ހުޅުމާލޭގެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އޭނާގެ ހާލު އެހާ ސީރިއަހެއް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް