ގިނީއަށް ދިޔަ ޗައިނާގެ މެޑިކަލް ޓީމުގެ މަސައްކަތް ނިންމާ ފުރައިފި

ސައުތު އެފްރިކާގެ ގިނީއަށް ދިޔަ ޗައިނާގެ މެޑިކަލް ޓީމުގެ މަސައްކަތް ނިންމާ އެގައުމުން ފުރައިފިއެވެ. ޗައިނާގެ މެޑިކަލް ޓީމު ގިނީއަށް ދިޔައީ ކޯވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ދިއުމުން އެގައުމުގެ ސަ...

07 Sep 2020 | 15:56

ސައުތު އެފްރިކާގެ ގިނީއަށް ދިޔަ ޗައިނާގެ މެޑިކަލް ޓީމުގެ މަސައްކަތް ނިންމާ އެގައުމުން ފުރައިފިއެވެ.

ޗައިނާގެ މެޑިކަލް ޓީމު ގިނީއަށް ދިޔައީ ކޯވިޑް-19 ގެ ބަލިމަޑުކަން އިންތިހާއަށް ދިއުމުން އެގައުމުގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

ގިނީއަށް ފޮނުވި މެޑިކަލް ޓީމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ އެހީތެރިން ހިމެނެއެވެ. އަދި ކޯވިޑް-19 އަށް ޗައިނާ އިން އުފެއްދި ވެކްސިންވެސް ގެންދިޔަކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި މެޑިކަލް ޓީމުގައި 10 މީހުން ހިމެނޭ އިރު، އެފަރުވާގެ ސަބަބުން ގިނަ ބަޔަކު ވަނީ ރަނގަޅުވެފައެވެ.

އެޓީމުން ގިނީއަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުގައެވެ. އަދި މަސައްކަތް ނިންމާ އެޓީމު ފުރާފައިވަނީ މިއަދުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް