ޤައުމީ ޢަރްޝީފުގެ އެޑްވައިޒަރީ ބޯޑުގެ ރައީސްގެ މަޤާމަށް މުޙައްމަދު އާސިފް ހަމަޖައްސަވައިފިއެވެ.
ނެޝަނަލް އާރކައިވް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޤައުމީ ޢަރްޝީފުގެ އެޑަވައިޒަރީ ބޯޑު އުފައްދަވައި، މެމްބަރުން އައްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ގާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މި ބޯޑުގެ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ.
ނެޝަނަލް އާރކައިވް އިން ކޮށްފައިވާ އިތުރު ޓްވީޓެއްގައި ބުނެފައިވަނީ އެ ބޯޑުދެ ރައީސްގެ މަޤާމަށް މުހައްމަދު އާސިފް (މޮންދު) އަދި ނައިބު ރައީސްގެ މަޤާމަށް އަހްމަދު ޢާސިމް އިންތިޚާބު ކުރައްވާފައިވާ ކަމަށެވެ.
ޤައުމީ ޢަރްޝީފުގެ އެޑްވައިޒަރީ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ މުޙައްމަދު ޢާމިރު އަހްމަދު (ފަރެސް އާމިރުބެ)، އަލްއުސްތާޛު މުޙައްމަދު ސަޢީދު، ފާތިމަތު ނަޝްފާ، ޢަބްދުﷲ ރަމީޒު، ފާތިމަތު ނަޝާތު، ހަސަން ރަފީޢު އަދި މަޙާސީން އަހްމަދު ދީދީ އެވެ.
ނޯޓް: ތިރީގައި މިވާ މަޢުލޫމާތަކީ ދިވެހި ތާރީޚް ވައިބަރު ގްރޫޕުގައި ދިވެހި ތާރީޚް ދިރާސާ ކުރައްވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު ޝާޠިރު ހިއްސާކުރައްވާފައިވާ މަޢުލުމާތު ކޮޅެކެވެ.
ދިވެހިރާއްޖޭގައި އަރުޝީފުގެ މަސައްކަތް ފަށާފައިވަނީ މީގެ 900 އަހަރުކުރިންނެވެ. ލޯމާފާނުތަކަކީ މިކަމުގެ ތާރީޚީ ހެކިތަކެވެ.
ދުވަހުންދުވަހަށް ދައުލަތުގެ ކަންކަން ލިޔެ، އަރުޝީފު ކުރަން ފެށުނީ 12 ޖަނަވަރީ 1942ގަައި (އަމްއަމީރު މުޙައްމަދު އަމީނު، ދިވެހި ސަރުކާރު ހިންގަވަން ފެށްޓެވި ދުވަސް)އެވެ.
- އަރުޝީފުގެ މަސައްކަތް ހިންގެވި މުއައްސަސާތައް...
ވުޒާރަތުއްދާޚިލިއްޔާ
ޑިޕާރޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ
ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
- މިނިސްޓްރީ އޮފް ޖަސްޓިސްގެ އަރުޝީފު ނުވަތަ ޝަރުޢީ އަރުޝީފު އުފެދުން 1980
- މިނިސްޓްރީ އޮފް އިންފޮމޭޝަން، އާރޓްސް އެންޑް ކަލްޗަރގެ ދަށުގައި އިދާރީގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި އިދާރާއެއް އުފެއްދެވީ 6 ނޮވެންބަރު 1996ގަައި!
- މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ (އެން.ސީ.އައި.ޓ-ީ)އިން ރާއްޖޭގެ ޑިޒިޓަލް އާކައިވްސް ގާއިމުކުރުން 2003.
- ޤާނޫނީގޮތުން ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު އުފެދުނީ 19 ޖަނަވަރީ 2012ގައި!
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް