ފެން ރައްކާކުރާ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީ އިން ފަށައިފި

ފެން ރައްކާކުރާ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގ އިން ފަށައިފިއެވެ. މިއީ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގައި ފެން ރައްކާކުރާ އިތުރު ދެ ތ...

07 Sep 2020 | 13:47

ފެން ރައްކާކުރާ 2 ތާންގީ ބެހެއްޓުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގ އިން ފަށައިފިއެވެ.

މިއީ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގައި ފެން ރައްކާކުރާ އިތުރު ދެ ތާންގީ ބެހެއްޓުމުގެ މަޝްރޫޢުން ފެށި މަސައްކަތެއް. އަދި މިއީ އެ ކުންފުނިން ފެން ރައްކާކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރި ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަގުސަދުގައި ބަހައްޓާ ދެ ތާންގީއެވެ.

އެސްޓީއޯގެ ރެޑީ މިކްސް ކޮންކްރީޓް މަސައްކަތް ކުރަމުން އައި މާލޭގެ 378 ނަންބަރު ކޮށީގައި ބަހައްޓާ މި ދެ ތާންގީއަށް 82 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ އަލަށް ބަހައްޓާ ދެ ތާންގީން ކުރެ ކޮންމެ ތާންގީއެއްގައިވެސް 13648 ކިޔުބިކް މީޓަރުގެ ފެން ރައްކާކުރެވޭނެ ކަމަށެވެ. އަދި ދެ ތާންގީގައި ހަތާވީސް ހާސް ދުއިސައްތަ ނުވަދިހަ ހަ ކިޔުބިކް މީޓަރު ފެން ރައްކާކުރެވޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތްތައް ނިމުމުން، މާލޭގައި ފެން ރައްކާކުރެވޭ މިންވަރު 50296 ކިޔުބިކް މީޓަރަށް އިތުރުވެގެންދާނެ ކަމަށެވެ.އަދި މި މަސައްކަތް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލަން ވަނީ ތާވަލުކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން ދެ ތާންގީގެ އިތުރުން ފެން ފޯރުކޮށްދިނުމަށްޓަކައި ޕަމްޕު ރޫމެއްވެސް ގާއިމްކުރެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއު ޢަމަލީ ގޮތުން ފައްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހު އާއި ކުންފުނީގެ މެނޭޖްމަންޓުގެ ބޭފުޅުންނެވެ.

ގްރޭޓަރ މާލޭ ރީޖަން ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން އެމްޑަބްލިޔުއެސްސީން ފެން އުފެއްދުމަށް ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފައްދާ މަރުކަޒުތަކެއް ވަނީ ގާއިމްކޮށްފައެވެ. އަދި މާލޭ ހުޅުމާލެ ބުރިޖު މެދުވެރިކޮށް ފެން ކުންފުނިން އަޅާފައިވާ ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް