ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ލޮޓަސް އިން ސެނެޓައިޒާ ފުޅި ދެނީ

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ދަރިވަރުންނަށް ސެނެޓައިޒާ ފުޅި ދޭން ލޮޓަސް ފިހާރައިން ނިންމައިފި އެވެ. މިކަން ހާމަކޮށްފައިވަނީ އެ ފިހާރައިގެ ވެރިޔާ އަހުމަދު އަރީފު ކުރެއްވި ޓުވީޓެއްގައި އެވެ. ...

07 Sep 2020 | 13:44

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ކިޔަވާ ދަރިވަރުންނަށް ސެނެޓައިޒާ ފުޅި ދޭން ލޮޓަސް ފިހާރައިން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައިވަނީ އެ ފިހާރައިގެ ވެރިޔާ އަހުމަދު އަރީފު ކުރެއްވި ޓުވީޓެއްގައި އެވެ.

އޭނާ ވިދާޅުވެފައިވަނީ ސްކޫލްތަކުގައި ކިޔަވާ 74،000 ކުދިންނަށް ހޭންޑް ސެނިޓައިޒާ ފުޅި ދޭން ނިންމާފައިވާ ކަމަށެވެ. އެ އެއްޗެހި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދާ ކަމެކެވެ.

https://twitter.com/Arttey/status/1302538151991234560

ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން ސްކޫލްތަކުގައި ގިނަގިނައިން ދަރިވަރުންނަށް އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. އަދި ސްކޫލަށް ކުދިން ވަންނަ އިރު ފިނިހޫނުމިން ދެނެގަނެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ސްކޫލުތައް ވަނީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ސްކޫލުތައް ބަންދުކޮށްފަ އެވެ. އެކަމަކު ރަށްރަށުގެ ސްކޫލުތަކުގައި ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް