ކުޅުދުއްފުށީ މެޖިސްޓްރޭޓުގެ މައްސަލައެއް ޖޭއެސްސީ އިން ބަލަނީ

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ޖޭއެސްސީން މިއަދު ބުނީ ބަލަން ނިންމާފައިވަނީ ފަނޑިޔާރެއްގެ ...

07 Sep 2020 | 10:37

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބުނީ ބަލަން ނިންމާފައިވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާ ނުކުރާތީ އެ މައްސަލަ ކަމަށެވެ. އަދި އެ ކޮމިޝަންގެ އިއްޔެގެ ބައްދަލުވުމުގައި މެޖިސްޓްރޭޓް އިބްރާހިމް ޝާހިދުގެ މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

ޖޭއެސްސީ އިން ބުނީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ 8މެންބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް