ރޮނާލްޑޯ އަށް މާސްކު އަޅަން ހަނދާން ކޮށްދިނީ ދަނޑުގެ ސެކިއިރިޓީ ބަލަހައަޓާ އަންހެނެއް

އަނިޔާގެ ސަބަބުން ނުކުޅެވުނަސް ޔޫއެފާ ނޭޝަނަސް ލީގުގައި ޕޯޗުގަލް އަދި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ބެލުމަށް ރޮނާލްޑޯ ދަނޑަށް ގޮސް އިނެވެ. ޓީމުގެ އެހެން ކުޅުންތެރިން ވެސް ތިބި ގޮނޑި ބަރީގައި މެޗުބަލަނ...

07 Sep 2020 | 09:14

އަނިޔާގެ ސަބަބުން ނުކުޅެވުނަސް ޔޫއެފާ ނޭޝަނަސް ލީގުގައި ޕޯޗުގަލް އަދި ކްރޮއޭޝިއާ ބައްދަލު ކުރި މެޗު ބެލުމަށް ރޮނާލްޑޯ ދަނޑަށް ގޮސް އިނެވެ.

ޓީމުގެ އެހެން ކުޅުންތެރިން ވެސް ތިބި ގޮނޑި ބަރީގައި މެޗުބަލަން އިންއިރު، ރޮނާލްޑޯ އިނީ މާސްކު ނާޅައެވެ. އެތާ މާސްކު ނާޅައި އިނީ ރޮނާލްޑޯ އެކަންޏެވެ. ރޮނާލްޑޯ ނޫން ހުރިހާ ކުޅުންތެރިންވެސް ތިބީ މާސްކު އަޅައިގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ކުރިޔަށް ދިޔަޔެއެވެ. ކުއްލިއަކަށް ފެނުނު މަންޒަރަކުން ގިނަ ބައެއްގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެއީ ދަނޑުގެ ސެކިއުރިޓީ ބަލަހައްޓާ އަންހެނަކު އައިސް ރޮނާލްޑޯ އަށް މާސްއެޅުމަށް އިޝާރާތް ކުރި މަންޒަރެވެ.

އެ އަންހެން މީހާގެ އިޝާރާތާއި އެކު ރޮނާލްޑޯ އަވަސް އަވަހާ ކައިރި ޖެހިގެން ހުރި ގޮނޑި މަތީ ގައި ބާއްވާފައި އޮތް ފޭސް މާސް ނަގާ އެޅިއެވެ.

ރޮނާލްޑޯ ފޭސް މާސްކު ނާޅައި އިން ނަމަވެސް އޭނާ އިނީ އިޖުތިމާއީ ގައިދުރުކަން ޚިޔާރުކޮށްގެންނެވެ.

ބައެއް ފަރާތް ތަކުން ދެކޭ ގޮތުގައި ރޮނާލްޑޯ ފަދަ ހައި ޕްރޮފައިލް އެހެން މީހުންނަށް ނަމޫނާ ދައްކަން ޖެހޭ މީހަކު އެބާވަތުގެ ކަމެއް ކުރުމަކީ ހުތުރު ކަމެކެވެ.

އަނެއް ބަޔަކު ދެކޭ ގޮތުގައި ހަނދާން ނެތުކަމީ މައްސަލައެއް ނޫނެވެ. އަދި މާސްކު އަޅަން ހަނދާން ކޮށްދިނުމުން އަވަހަށް ކިޔަމަންތެރި ކަމާއި އެކު އެކަން ކުރުމަކީ ވެސް ރޮނާލްޑޯގެ ފަރާތުން ފެނިގެން ދިޔަ ނަމޫނާ ސިފައެވެ.

ކޮންމެއަކަސް ރޮނާލްޑޯ މާސްކު ނާޅައި މެޗުބަލަން އިނީ ހަނދާން ނެތުމުގެ ތެރޭގައެވެ. ގަސްދަކު ނޫނެވެ. ރޮނާލްޑޯ ވަނީ މާސްކު އަޅަން އޭނާއަށް މީހަކު ހަނދާން ކޮށްދިނުމުން މާސްކު އަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް