ލ. ކަލައިދޫ ގެއަކުން ވަގަށްނެގި 352500 ރުފިޔާ ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ފައިސާތައް ހޯދާފައިވަނީ ލ. ކަލައިދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް އިއްޔެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
އިސްދޫ ޕޮލިސް ސްޓޭޝަނާއި، ލ. ގަން ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އެޕަރޭޝަނުގައި، އެ ފައިސާތައް ހޯދާފައިވަނީ ރަށުތެރޭގައި ވަޅުލާފައިހުއްޓައެވެ.
އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ދަންވަރު އެ ސަރަހައްދު ބަލައި ފާސްކޮށް 352500 ރުފިޔާ ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން 29 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް