ޕޯޗުގަލް ގައުމީ ޓީމާއި އެކު ފަރިތަކުރުންތައް ކުރިޔަށް ގެންދަނިކޮށް ކަނާތު ފައިގެ ބޮޑުވާ އިނގިއްޔަށް ކުޅަދުރު ކަށި ޖެހުމުގެ ސަބަބުން ލިބުނު އަނިޔާއާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފިއެވެ.
ރިޕޯޓް ތައް ބުނާގޮތުގައި ރޮނާލްޑޯ ޕޯޗުގަލް ގައުމީޓީމާއި އެކު ފަރިތަކުރުން ތަކުގައި ބައިވެރި ވާން ފަށާފައިވަނީ އިއްޔެގައެވެ.
ފައިގެ ބޮޑުވާ އިނގިއްޔަށް ލިބުނު އަނިޔާ އާއި ގުޅިގެން ޔޫއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ރޮނާލްޑޯ ކުޅެފައް ނުވެއެވެ. އަދި އޭގެ ކުރިން ބޭއްވި ގިނަ ފަރިތަކުރުން ތަކުގައިވެސް ރޮނާލްޑޯ ބައިވެރި ވެފައެއް ނުވެއެވެ.
ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އާއި ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ނުކުޅެވުނު އިރު، ނޭޝަންސް ލީގުގައި މާދަމާރޭ ސްވިޑެންއާއި ދެކޮޅަށް ޕޯޗުގަލް ލުޅޭ މެޗުގައި ވެސް ރޮނާލްޑޯ އަށް ނުކުޅެވިދާނެ ކަމުފެ ބިރު ވަނީ ހީވެފައެވެ.
އެގޮތުން ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޮސް ބުނެފައިވާ ގޮތުގައި ރޮނާލްޑޯގެ އަނިޔާ އަދިވެސް މުޅިން ރަނގަޅެއް ނުވެއެވެ.
ސަންޓޮސް ބުނީ ކުޅަދުރު ކަށި ޖެހުމުގެ ސަބަބުން އުފެދުނު އިންފެކްޝަންގެ އަސަރު އަދި މުޅިން ނުފިލާ ކަމަށެވެ. އެގޮތުން މާދަމާ ރޭ ސްވިޑެންއާއި ދެކޮޅަށް ރޮނާލްޑޯ ފެނިގެން ނުދިއުން ގާތް ކަމަށްވެސް ސަންޓޮސް ބުނެފައިވެއެވެ.
" ރޮނާލްޑޯ ފަރިތަކުރުން ތަކުގައި ބައިވެރި ވެއްޖެ. ނަމަވެސް އަދިވެސް މުޅިން ރަނގަޅެއް ނޫން. މާދަމާރޭ ސްވިޑެން އާއި ދެކޮޅަށް ރޮނާލްޑޯ އަށް ކުޅެވިދާނެ ކަމާއި މެދު ޝައްކު. ފެނިގެން ނުދިއުން ވެސް އެކަށީގެން ވޭ." ޕޯޗުގަލް ގައުމީޓީމުގެ ކޯޗު ސަންޓޮސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް