ވިއްސާރައިގަ މެޖިސްޓްރޭޓް ކޯޓުތަކަށް ގެއްލުން ވެއްޖެ

އިއްޔެރޭ ގަދަ ވަޔާއިއެކު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގަ ގިނަ މެޖިސްޓްޜޭޓް ކޯޓުތަކަކަށް ގެއްލުންވެފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ. މެޓް އޮފީހުން ލަފާކުރި ގޮތުގައި އިއްޔެ ރޭ ރ...

07 Sep 2020 | 06:15

އިއްޔެރޭ ގަދަ ވަޔާއިއެކު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގަ ގިނަ މެޖިސްޓްޜޭޓް ކޯޓުތަކަކަށް ގެއްލުންވެފައިވާ ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

މެޓް އޮފީހުން ލަފާކުރި ގޮތުގައި އިއްޔެ ރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރައާއި އެކު 63 މޭލަށް ވައިގަދަވެފައިވެ އެވެ. އެރޭ ވަރަށް ގިނަ ރަށްރަށަށް ގެއްލުންވެފައިވެ އެވެ.

ޑީޖޭއޭއިން ބުނީ މިމަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ކުރި ބިއްސާރައިގަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ކޯޓުތަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެ ގެއްލުންތައް ބަލައި މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެވެ.

އަދި ކޯޓުތަކުގެ މަސައްކަތް އާންމު ހާލަތަށް ވީހާވެސް އަވަހަކަށް ގެންނާނެ ކަމަށް ޑީޖޭއޭއިން މައުލޫމާތުދެ އެވެ.

https://twitter.com/judiciarymv/status/1302653461679362049

ރާއްޖެއަށް ކުރި ވިއްސާރައިގަ އިއްޔެ ރޭ ވަނީ އާންމުންގެ ގެދޮރަށާއި ދައުލަތުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މަގުތަކުގައި ހުރި ބޮޑެތި ގަސްތައް މުލުން ލުހިގެން ވެއްޓިފައިވާއިރު ބައެއް ރަށްރަށަށް އުދަ އަރާފައިވެ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ވަނީ ލިބުނު ގެއްލުންތަކުގެ މައުލޫމާތު ރަށު ކައުންސިލްތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް އެންގުމަށް އެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް