މާލޭ ސިޓީގެ ފަގީރުންގެ ދަފްރަތުގައި ނުހިމެނުނު މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެންމެ ފަހުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރު އެކުލަވާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ އެ ލިސްޓަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ލިސްޓުގައި ނުހިމެނުނު ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފޯމު ލީ ފަރާތްތަކުގެ ތެރެއިން ފަގީރުންނާއި މިސްކީނުންގެ ލިސްޓުގައި ހިމަނާފައި ނުވަނީ ފޯމުލީ މީހުންގެ ތެރެއިން ޝަރުތު ހަމަ ނުވާ މީހުންނެވެ.
ފަގީރުންގެ ލިސްޓު އާކުރުމުގެ މަސައްކަތް ފަށާފައި ވާއިރު އެ ލިސްޓުގައި ކުރިން ނަން އޮތް ފަރާތްތަކުން އަލުން ރަޖިސްޓްރީވާކަށް ނުޖެހެ އެވެ.
https://twitter.com/MVIaffairs/status/1302563551937138688
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް