ނެޓްފްލިކްސްގެ ބައެއް ކޮންޓެންޓްތައް މިހާރު ހިލޭ ބެލޭނެ

ބައެއް ކޮންޓެންޓްތައް އެއްވެސް އަގަކާ ނުލައި ހިލޭ ބެލޭނެ ކަމަށް ނެޓްފްލިކްސްއިން ބުނެފިއެވެ. ނެޓްފްލިކްސްއިން ބުނީ، ހިލޭ ބަލައިލެވޭ ގޮތަށް ފިލްމާއި ސީރިޒްތަކާއި ޑޮކިއުމަންޓަރީތަކެއް ވެސް ހުންނާނެ ކަމަ...

07 Sep 2020 | 04:41

ބައެއް ކޮންޓެންޓްތައް އެއްވެސް އަގަކާ ނުލައި ހިލޭ ބެލޭނެ ކަމަށް ނެޓްފްލިކްސްއިން ބުނެފިއެވެ.

ނެޓްފްލިކްސްއިން ބުނީ، ހިލޭ ބަލައިލެވޭ ގޮތަށް ފިލްމާއި ސީރިޒްތަކާއި ޑޮކިއުމަންޓަރީތަކެއް ވެސް ހުންނާނެ ކަމަށެވެ.

މިދިޔަ އަހަރު ގެނެސްދިން، ޖެނިފާ އެނިސްޓަނާއި އެޑަމް ސޭންޑްލާގެ "މާޑާ މިސްޓްރީ" އާއި 2018 ގައި ގެނެސްދިން ސަންޑްރާ ބްލޮކްގެ "ބާޑް ބޮކްސް" އަދި އޮސްކާ އެވޯޑް ހޯދާފައިވާ 2017 ގެ އެނިމޭޓެޑް ފިލްމު "ބޮސް ބޭބީ" ފަދަ ފިލްމުތަކަކީ ހިލޭ ބަލައިލެވެން ހުރި ފިލްމުތަކެވެ.

މީގެ އިތުރުން "ސްޓްރޭންޖާ ތިންގްސް" އާއި "އެލީޓް" އާއި "ވެން ދޭ ސީ އަޒް" އާއި ލަވް އިޒް ބްލައިންޑް" ފަދަ ސީރިޒްތައް ވަނީ ހިލޭ ބެލޭނެ ކަމަށް ބުނެފައެވެ. އަދި "އަވާ ޕްލެނެޓް" އާއި ޑްރާމާ "ޓޫ ޕޯޕްސް" ފަދަ އުފެއްދުންތައްވެސް ހިލޭ ބަލާލެވޭނެ އެވެ.

މިކަމާ ގުޅިގެން ނެޓްފްލިކްސް އިން ބުނީ، ހިލޭ ބެލޭ ކޮންޓެންޓް މިހާރު އެންޑްރޮއިޑް ޑިވައިސްތަކާއި ޕީސީން ވެސް ބަލައިލެވޭނެ ކަމަށެވެ. އެކަމަކު އައިއޯއެސްގެ ޑިވައިސްތަކަށް މި ފުރުސަތެއް އަދިއެއް ނެތް ކަމަށެވެ.

ނެޓްފްލިކްސް އިން ބުނީ ހިލޭ ބެލޭ ކޮންޓެންޓް ކުރިއަށް އޮތް ތަނުގައި ވެސް ލިބޭނެ ކަމަށާއި ދުވަހުން ދުވަހަށް އުފެއްދުންތައް އިތުރުކުރެވެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް