ޔޫއެފާ ނޭޝަންސް ލީގު: ސްޕެއިން ފަސޭހަ މޮޅެއް ހޯދިއިރު، ޖަރުމަން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ

ޔޫއެފާ ނޭޝަން ލީގުގައި ރޭ ޔޫކްރެއިންނާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ސްޕެއިން އިން ކާމިޔާބު ކުރި އިރު، ޖަރުމަން ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ. ޔޫކްރެއިންގެ މައްޗަށ...

06 Sep 2020 | 22:07

ޔޫއެފާ ނޭޝަން ލީގުގައި ރޭ ޔޫކްރެއިންނާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު ސްޕެއިން އިން ކާމިޔާބު ކުރި އިރު، ޖަރުމަން ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރު ވެއްޖެއެވެ.

ޔޫކްރެއިންގެ މައްޗަށް ސްޕެއިން ކުރި ހޯދީ 0-4 ގެ ނަތީޖާ އަކުންނެވެ. މި މެޗު ފެށިގެން ލިބުނު ޕެނަލްޓީ އަކުން ސާޖިއޯ ރާމޮސް ލަނޑު ޖަހާ ސްޕެއިން އަށް މެޗުގެ ލީޑު ނަގައިދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކޮށް ލީޑު ފުޅާކުރި ލަނޑުވެސް ކާމިޔާބު ކޮށްދިނީ ސާޖިއޯ ރާމޮސް އެވެ. ސްޕެއިންގެ ތިންވަނަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އަންސު ފަޓީ ކާމިޔާބު ކޮށްދިން އިރު، ސްޕެއިންގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރީ ފަހު ހާފުގެ 84 ވަނަ މިނެޓުގައި ފެރަން ޓޯރެސް އެވެ.

ޖަރުމަން ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ަމި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 14 ވަނަ މިނެޓުގައި ޖަރުމަނުން ނެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިކާއި ގުންޑޮގާން އެވެ.

ސްވިޒަލްނެޑުން މެޗުގެ ނަތީޖާ އެއްވަރު ކުރި ލަނޑު ޖެހީ ފަހު ހާފުގެ 58 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސިލްވަ ވިޑްމާ އެވެ.

މިއީ ލީގު އޭ ގެ ގްރޫޕް 4 ގެ ދެ މެޗެވެ. މި ގްރޫޕަށް ބަލާއިރު، މިވަގުތު އެއް ވަނާގައި 4 ޕޮއިންޓާއި އެކު ސްޕެއިން އޮތް އިރު، ދެވަނާގައި 3 ޕޮއިންޓާއި އެކު އޮތީ ޔޫކްރެއިންއެވެ. އަދި 3 ވަނާގައި 2 ޕޮއިންޓާއި އެކު ޖަރުމަން އޮތް އިރު އެންމެ ޕޮއިންޓެއް ލިބިގެން ހަތަރު ވަނާގައި އޮތީ ސްވިޒަލެންޑް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް