ސްޕެއިންގެ ގައުމީޓީމަށް ލަނޑުޖެހި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް އަންސު ފަޓީ އަށް!

ސްޕެއިންގެ ގައުމީ ޓީމް ޖާޒީގައި ލަނޑުޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔަކަށް އުމުރުން އެންމެ 17 އަހަރުގެ އަންސު ފަޓީ ވެއްޖެއެވެ. ސްޕެއިންގެ ގައުމީޓީމަށް ލަނޑު ޖަހައިދިން އުމުރުން އެންމެ ހަގު ކުޅުން...

06 Sep 2020 | 21:22

ސްޕެއިންގެ ގައުމީ ޓީމް ޖާޒީގައި ލަނޑުޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔަކަށް އުމުރުން އެންމެ 17 އަހަރުގެ އަންސު ފަޓީ ވެއްޖެއެވެ.

ސްޕެއިންގެ ގައުމީޓީމަށް ލަނޑު ޖަހައިދިން އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ފަޓީ ހެދި އިރު، މި ރެކޯޑް އޭނާ ހެދީ އެންމެ ފަހުން ޔޫއެފާ ނޭޝަންސް ލީގުގައި ޔޫކްރެއިންއާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ލަނޑުޖަހައިގެންނެވެ. ޔޫކްރެއިންއާއި ދެކޮޅަށް ސްޕެއިން ކުޅުނު މި މެޗުގައި ލަނޑު ޖަހާ ފަޓީ ރެކޯޑް ހެދިއިރު، މީގެ ކުރިން މި ރެކޯޑް އޮތީ ސްޕެއިންގެ ޖުއާން އިރަޒްކުއިން އަތުގައެވެ. އޭނާ މި ރެކޯޑް ހެދީ 1925 ވަނަ އަހަރު ސްވިޒަލެންޑާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗެއްގައި އުމުރުން 18 ގައި ޖަހައިގެންނެވެ.

މީގެ އިތުރުން އަންސު ފަޓީ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދާފައެވެ.

އަންސު ފަޓީ އަށް ސްޕެއިންގެ ގައުމީޓީމުން ފުރުސަތު ލިބިފައިވާއިރު، އޭނާ އެންމެ ފުރަތަމަ ނަގާފައިވަނީ ނޭޝަންސް ލީގުގައި ޖަރުމަނާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައެވެ. ނަމަވެސް އެ މެޗުގައި އޭނާ އިންނަން ޖެހުނީ ބެންޗުގައެވެ. ފަޓީއަށް ގައުމީ ޖާޒީގައި ކުޅެލަން ފުރުސަތު ލިބުނީ ޔޫކްރެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި އޭނާ ވަނީ ލަނޑު ޖަހާފައެވެ. ޔޫކްރެއިންއާއި ދެކޮޅަށް ސްޕެއިން ކުޅުނު މި މެޗުން އެޓީމު މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ.

2019 ވަނަ އަހަރު ބާސެލޯނާގެ ސީނިއާރ ޓީމަށް ބަދަލުވެ ބާސާއަށް މިހާތަނަށް ފަޓީ ވަނީ 24 މެޗު ކުޅެދީފައެވެ. އަދި 7 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

މިހާރު އުމުރުން 17 އަހަރުގެ އަސްު ފަޓީއަށް 18 އަހަރު ވާނީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް