މަސްތު ހާލަތުގައި ހުރި ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
އުމުރުން 33 އަހަރުން މި މީހާ ހައްޔަރުކޮށްފައިވަނީ ކ. މާފުށިންނެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތު ހާލަތުގައި ހުރިކަމަށް ބެލެވިގެންނެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު ގެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ތިން ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައި، އެއީ ފުލުހެއް" ފުލުހުން ބުނެފައިވެއެވެ.
މި މީހާގެ ބަންދަށް މިއަދު 10 ދުވަސް ޖަހާފައިވާއިރު މި މީހާއަކީ ޗުއްޓީއަށް ކާށިދޫއަށް ގޮސް ހުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެއީ އެހެން ރަށެއްގައި މަސައްކަތްކުރާ ފުލުހެއް ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް