ބޭސްފަރުވާއަށް ރާއްޖެއިން އިންޑިއާއަށް ދިޔަ ބަލި މީހަކާއި އެހީތެރިއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

އިންޑިއާއިން ހަމަޖައްސާފައިވާ ހާއްސަ ހުއްދައިގެ ދަށުން، އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ އިތުރު ބަލިމީހަކާއި އެހީތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އާސަންދައިން ބުނެފަ...

07 Aug 2020 | 17:29

އިންޑިއާއިން ހަމަޖައްސާފައިވާ ހާއްސަ ހުއްދައިގެ ދަށުން، އާސަންދައިގެ އެހީގައި ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ އިތުރު ބަލިމީހަކާއި އެހީތެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އާސަންދައިން ބުނެފައިވާގޮތުގައި ޕޮޒިޓިވް ވެފައިވަނީ ޖުލައި މަހުގެ 29ގައި ކިމްސް ހޮސްޕިޓަލަށް ދިޔަ ބެޗްގެ އެއް ޕޭޝަންޓާއި އެހެން ޕޭޝެންޓެއްގެ އެހީތެރިއެކެވެ.

"ޕޮޒިޓިވް ވީ އެހީތެރިޔާ އަކީ އެކީދިޔަ ޕޭޝަންޓްގެ ފަރުވާ ނިމި މާލެ އަންނަންވެފަހުރި މީހެއް، ނަމަވެސް ޕޮޒިޓިވް ވުމުން އިތުރު 14 ދުވަސް އެކޮޅުގަ ކަރަންޓީނުގައި މަޑުކުރަންޖެހޭނެ" އާސަންދައިން ބުނެފައިވެއެވެ.

ޕޮޒިޓިވް ވީ ޕޭޝަންޓްގެ ފަރުވާ ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ބުނެފައިވާއިރު، އާސަންދައިން އިތުރަށް ބުނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އަމްރިތާއަށް ދިޔަ ބެޗުން ޕޮޒިޓިވް ވި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ބަލިން ރަނގަޅުވެ ނަތީޖާ ނެގަޓިވް ވެފައިވާކަމަށެވެ. އެ ބެޗުން ޕޮޒިޓިވް ވީ އެއް ޕޭޝަންޓާއި ތިން އެހީތެރިންނެވެ. މިހާރު އެކްޓިވް ކޭސްއެއްގެ ގޮތުގައި އަމްރިތާގައި ހުރީ އެހީތެރިއެއް ކަމުގައިވެސް އާސަންދައިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް