191 ޕަސިންޖަރުންނާއެކު އިންޑިއާއަށް ޖައްސަން އުޅުނު ފްލައިޓެއް ވެއްޓި ޕައިލެޓް މަރުވެއްޖެ !

ދުބާއީއިން ފުރައިގެން އިންޑިއާގެ ކެރެލާގެ ކޮލިކޯޑަށް ޖައްސަން އުޅުނު ފްލައިޓް ވެއްޓި ފްލައިޓްގެ ޕައިލަޓް މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރާއްޖޭ ގަޑިން 8:15 ހާއިރުގައެވެ. އަދި މާގިނަ ތަފްސީލު ނ...

07 Aug 2020 | 15:48

ދުބާއީއިން ފުރައިގެން އިންޑިއާގެ ކެރެލާގެ ކޮލިކޯޑަށް ޖައްސަން އުޅުނު ފްލައިޓް ވެއްޓި ފްލައިޓްގެ ޕައިލަޓް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭ ގަޑިން 8:15 ހާއިރުގައެވެ. އަދި މާގިނަ ތަފްސީލު ނެތް ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާގޮތުގައި ފްލައިޓް ވަނީ ދެ ބުރިއަށް ބުރިވެފައެވެ.

އެ ފްލައިޓްގެ ޕައިލެޓް މަރުވިކަމަށް ގިނަ މަސްދަރުތަކަކުން ބުނެފައިވެއެވެ. އަދި އެތައް ބަޔަކު ޒަހަމްވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މި ފްލައިޓަކީ ކޯވިޑް-19އާއި ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައިތި އިންޑިއާގެ ރައްޔިތުން އެ ގައުމަށް އަނބުރާ ގެންދިއުމަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ދަތުރެއް ކުރި ފްލައިޓެކެވެ. ބޯކޮށް ވާރޭ ވެހުނު ވަގުތެއްގައި ޖައްސަން އުޅެނިކޮށް ވެއްޓުނު މި ފްލައިޓުން174 ޕަސިންޖަރުންނާއި10 ކުޑަކުދިންނާއި ދެ ޕައިލަޓުންނާއި ކެބިން ފަސް ކްރޫން ދަތުރުކުރިއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް