ހައްގުތަކާއި މިނިވަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ހެޔޮކަމުންކުރާ ކަމަކަށްވުރެ ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް: ބަންޑާރަ ނާއިބު

ހައްގުތަކާއި މިނިވަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމުގައި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ. ...

07 Aug 2020 | 14:57

ހައްގުތަކާއި މިނިވަންކަން ނަގަހައްޓާ ދެމެހެއްޓުމަކީ ހެޔޮކަމުން ކުރާ ކަމަކަށްވުރެ، ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް ކަމުގައި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛް އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނާއިބު މިހެން ވިދާޅުވީ ރާއްޖޭގައި މިހާރު އަމަލުކުރަމުންމިދާ ގާނޫނު އަސާސީއަށް 12 އަހަރު ފުރުން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ބަންޑާރަ ނާއިބު ވިދާޅުވެފައިވާގޮތުގައި ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެކެވެ.

"ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި،ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި  ޤާނޫނު ހަދާ ބާރާއި ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުންކުރާ ކަމަކަށްވުރެ،ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއް" ބަންޑާރަ ނާއިބުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިހާރު އަމަލުކުރަމުން މިއަންނަ ފެހި ގާނޫނު އަސާސީއަކީ ތިން ބާރު ވަކި ކުރެވި، ޑިމޮކްރެޓިކް ނިޒާމެއް ގާއިމްކޮށްދިން ގާނޫނު އަސާސީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް