"ސަޅަކް 2" މި މަހު 28 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ބޮލީވުޑްގެ ޒުވާން އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާއި މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓްގެ ހަގު ދަރިފުޅު އާއިލާ ބަޓް ފެނިގެންދާ މި ފިލްމަކީ، މަހޭޝް ޑައިރެކްޓްކޮށް 1991 އަހަރު ރިލީޒް ކުރި ފިލެމެއްގެ ރީމޭކެކެވެ.
1991 އަހަރު ރިލީޒް ކުރި ފިލްމުގެ ލީޑު ރޯލުން ފެނިގެން ދިޔައީ މަހޭޝްގެ ދޮށީ ދަރި ޕޫޖާ ބަޓް އަދި ސަންޖޭ ދަތު އެވެ. "ސަޅަކް 2" އިން ވެސް ޕޫޖާ އަދި ސަންޖޭ ފެނިގެންދާނެ އެވެ.
"ސަޅަކް 2" އާއި ގުޅިގެން އާލިއާ ކުރި ޓްވީޓެއްގައި ބުނީ މި ފިލްމު ރިލީޒްކުރާނީ މި މަހު 28 ވަނަ ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާގައި ކަމަށެވެ. އަދި އޭނާ ވަނީ ފިލްމުގެ ޕޯސްޓަރެއްވެސް ހިއްސާކޮށްފަ އެވެ.
އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުއަކީ އާލިއާ އާއި އަދިތިޔާއާއެކުގައި މަސައްކަތްކުރާ ތިންވަނަ ފިލްމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް