ބީއެމްއެލް ގެ 37 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 31 ގައި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 37 ވަނަ އަހަރީ އާންމު ޖަލްސާ އޮގަސްޓް 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. ބީއެމްއެލް އިން ބުނީ މި އަހަރުގެ އަހާރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މ...

07 Aug 2020 | 14:41

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 37 ވަނަ އަހަރީ އާންމު ޖަލްސާ އޮގަސްޓް 31 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ މި އަހަރުގެ އަހާރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.

ބީއެމްއެލް އިން ބުނީ، މިއަހަރުގެ އޭޖީއެމް ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، ފަހިވޯޓް މެދުވެރިކޮށް ކަމަށެވެ.

ބީއެމްއެލް އިން ވަނީ އެކުންފުނީގެ އޭޖީއެމްގެ އެޖެންޑާ އާންމުކޮށް އޭޖީއެމްގައި ބައިވެރިވުމުގެ ދައުވަތު ކުންފުނީގެ ހުރިހާ ހިއްސާދާރުންނަށް އަރުވާފައި އެވެ.

ބީއެމްއެލް އިން ބުނީ، ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ އައިޓަމްތަކުގެ އިތުރުން އެހެން އެއްވެސް އައިޓަމެއް ފާސްކުރުމަށް ހުށައަޅާފައި ނުވާ ކަމަށެވެ.

މި މަހު ބާއްވަން ހަމަޖެހިފައި އޮތް އޭޖީއެމްގައި ފާއިތުވި އަހަރުގެ އޭޖީއެމްގެ ޔައުމިއްޔާ ފަސްކުރުމަށް ވަނީ ހުށައަޅާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް