ރޭގެ ވަގުތެއްގައި ބޭހެއް ގަންނަން ފާމަސީއަކަށް ދިޔަ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ އިންޑިއާ ފާމަސިސްޓް ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތަށް އުމުރުން 50 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އަދި އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދު މުއްދަތަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރޭގައި ހިނގި މި ހާދިސާގައި ފާމަސިސްޓް ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް