ނައިފަރުގެ ބައެއް ގޭގޭގައިވެސް ފެންބޮޑުވެއްޖެ

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ބޯކޮށް ވާރޭވެހި ޅ. ނައިފަރުގެ ބައެއް ގޭގެއަށްވެސް ފެން ވަދެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާ...

07 Aug 2020 | 14:25

މިހާރު ކުރަމުންމިދާ ވިއްސާރައިގާ ބޯކޮށް ވާރޭވެހި ޅ. ނައިފަރުގެ ބައެއް ގޭގެއަށްވެސް ފެން ވަދެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ ހަތަރު ގެއަކަށް ފެންވަދެފައިވާކަމަށެވެ.

ފެން ހިއްކުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިރު އޮއްސި 6:53 ހާއިރު ކަމުގައި އާޒިމް ވިދާޅުވިއެވެ.

މި ވިއްސާރައިގާ ނައިފަރު ހަތަރު ގެއަކަށް ފެންވަދެފައިވާއިރު އެ އަތޮޅު ކުރެންދޫ ހަ ގެއަކަށް ފެން ވަދެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް