މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގާ ބޯކޮށް ވާރޭވެހި ޅ. ކުރެންދޫ ބައެއް ގެތަކުގައި ފެންބޮޑުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ބޯކޮށް ވާރޭވެހި އެ ރަށުގެ ހަ ގެއަކަށް ގެން ވަނުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެގޮތުން އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން، ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހަވީރު 4:17 ހާއިރު ކަމަށް އާޒިމް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް