ގާނޫނުއަސާސީ ތަސްދީގު ކުރެއްވުމަކީ ފަހުރެއް: ރައީސް މައުމޫން

12 އަހަރު ކުރިން އާ ގާނޫނުއަސާސީ ތަސްދީގު ކުރައްވަން ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ފަޙުރުވެރި ވަގުތުކޮޅެއް ކަމަށް މޯލްޑިވްސް ރިފޯމް މޫމަންޓްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ...

07 Aug 2020 | 12:57

12 އަހަރު ކުރިން އާ ގާނޫނުއަސާސީ ތަސްދީގު ކުރައްވަން ލިބިވަޑައިގަތުމަކީ އެމަނިކުފާނަށް ފަޙުރުވެރި ވަގުތުކޮޅެއް ކަމަށް މޯލްޑިވްސް ރިފޯމް މޫމަންޓްގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފެހި ގާނޫނުއަސާސީއަށް 12 އަހަރު ފުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ، މި ގާނޫނުއަސާސީގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ގުނަ ފައިދާތައްކޮށް ހަމަޖެހުމާއެކު ދިރިއުޅުމުގެ ފުރުސަތު ގިނަ އަހަރުތަކަކަށް ދެމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ނަމަވެސް ލޯ އިނިޝިއޭޓިވް ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ،  ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫނާ ދެކޮޅަށް ލިޔެވުނު ލިޔުމެއް ކަމަށާއި، ފެހި ގާނޫނުއަސާސީއަކީ ރައީސް މައުމޫނުގެ ހުދުމުހުތާރު، އަނިޔާވެރި ވެރިކަމަށް އައި ރިއެކްޝަނެއް ކަމަށެވެ.

ރާއްޖޭގައި މިހާރު އޮތް ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިތާ މިއަދަށް ވަނީ 12 އަހަރު ފުރުނުއިރު، އެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށީ 2008 ވަނަ އަހަރުގެ އޮގަސްޓް 7 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް